
މާޗް ދެވަނަ ދުވަހަކީ ޓައިގާގެ އުފަން ދުވަސްކަމަށްވާއިރު އޭނާއަށް ވަނީ 31 އަހަރު ފުރިފަ އެވެ. ޓައިގާ ވަނީ އޭނާގެ މި ހާއްސަ އުފަން ދުވަސް މީޑިއާ އާއެކީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.
އެގޮތުން މި ފަހަރަު ޓައިގާ ވަނީ އޭނާގެ އުފަން ދުވަހުގެ މުނާސަބަތުގައި ހަތަރު ކޭކު ފަޅާފައެވެ. އަދި އެތަނުގައި ތިބި އެންމެނަށް ޓައިގާގެ އަތުން ކޭކު ބަހާފައި ވެސް އެވެ.
ޓައިގާ އުފަންދުވަސް ފާހަގަ ކުރުމުގެ ތެރެއިން
އެ ހަތަރު ކޭކުގެ ހާއްސަކަމަކީ އެ ހުރިހާ ކޭކުތަކުން ރަމްޒުކޮށްދެނީ ޓައިގާ ކުޅެފައިވާ ފިލްމުތަކެވެ. މިއީ އޭނާގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ވަރަށް އުފާވެރި ހަދިޔާއެއް ކަމަށް ވެސް ޓައިގާ ހާމަކޮށްފައި ވެއެވެ.
ޓައިގާ އުފަންދުވަސް ފާހަގަ ކުރުމުގެ ތެރެއިން
ހީރޯ ޕަންތީ ފިލްމުން ޓައިގާ ބެލުން ތެރިންގެ ތެރެއަށް ނިކުމެފައިވަނީ 2014 ވަނަ އަހަރުގަ އެވެ. އަދި މިހާތަނަށް ޓައިގާ ވަނީ ބޮލީވުޑްގައި ފާހަގަކޮށްލެވޭ ފިލްމުތައް ކުޅެފަ އެވެ.