ads
ވަރުން---
ވަރުން ވެސް ރާއްޖޭގައި
ރާއްޖެއަށް ޒިޔާރާތްކުރާ ގޮތަށް ތަރިން އެމީހުން ތިބީ ރާއްޖޭގައިކަން ހާމަކޮށްދޭ ފޮޓޯތައް އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރިޔަސް ބައެއް ތަރިން އުޅެނީ ވަރަށް ސިއްރުންނެވެ.
Advertisement

އެގޮތަށް ބޮލީވުޑުގެ ތަރި، ވަރުން ދާވަން ވެސް މިވަގުތު ހުރީ ރާއްޖޭގަ އެވެ. މި ދަތުރުގައި އޭނާގެ އަންހެނުން ނަތާޝާ ދަލާލް ބައިވެރިއެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަރުން، ރާއްޖެއަށް އައީ ޝްރައްދާ ކަޕޫރުގެ ދެބެއިންގެ ދެ ދަރި ކުއްޖަކު ކައިވެނިކުރާތީ އެ ހަފްލާގައި ބައިވެރިވާށެވެ. 

ޝްރައްދާއާއެކު އޭނާގެ އާއިލާ ވެސް މިވަގުތު ތިބީ ރާއްޖޭގަ އެވެ. އެއީ އެމީހުންގެ އާއިލާގައި ހިމެނޭ ޕްރިޔާންކް ޝަރްމާ އާއި ޝަޒާ މޮރާނީގެ ކައިވެނީގައި ބައިވެރިވުމަށެވެ. އެކްޓަރު ޕަދްމިނީގެ ދަރިފުޅު ޕްރިޔާންކާއި ޕްރޮޑިއުސަރު ކާރިމް މޮރާނީގެ ދަރިފުޅު ޝަޒާ ކައިވެނިކުރީ ފެބްރުއަރީ މަހުގެ ކުރީކޮޅު ކޯޓުގަ އެވެ. ފަހުން ރައްޓެހިންނާއި ގާތް މީހުންނަށް ޕާޓީއެއް ބޭއްވި ނަމަވެސް ވަރަށް ކުލަ ގަދަ ހަފްލާއެއް ބޭއްވުމަށް އެމީހުން ތިބީ ރާއްޖޭގަ އެވެ. 

މަދު ބަޔަކަށް މި ހަފްލާއަށް ދައުވަތު ދިންއިރު ވަރުންއަކީ ވަރަށް ގާތް އެކުވެރިއެއްކަމުން އޭނާއަށް ވެސް ދައުވަތު ލިބުނީ އެވެ. 

މިހާތަނަށް ރާއްޖޭގައި އުޅޭކަން އަންގައިދޭ އެއްވެސް ފޮޓޯއެއް ވަރުން ހިއްސާއެއް ނުކުރެ އެވެ. 

ވަރުންނާއި ނަތާޝާ ކައިވެނިކުރީ ޖެނުއަރީ 24 ވަނަ ދުވަހު އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް