ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހައްޖު--
ކޮވިޑް ވެކްސިން ނުޖަހާނަމަ، ހައްޖުގެ އަޅުކަމުގައި ބައިވެރިނުވެވޭނެ!
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ މީހުންނަށް އެކަނި ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި އެވެ.
Advertisement

މީޑިއާތަކަށް ސައުދީގެ ހެލްތު މިނިސްޓަރު ތައުފީގް އަލް ރަބިއާ ވިދާޅުވާ ގޮތުގައި ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް މައްކާއަށް އެތެރެވާ ކޮންމެ މީހަކީ ވެސް ކޮވިޑް ވެކްސިން ޖަހާފައިވާ މީހަކަށް ވާންޖެހެ އެވެ. އަދި ވެކްސިން ޖެހިކަން އަންގައިދޭ ލިޔުމެއް އެމީހުންގެ އަތުގައި އޮންނަން ޖެހޭނެ އެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ ޖުލައި 17 ވަނަ ދުވަހެވެ.ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހަރަމްފުޅުގައި ހައްޖުގެ އަޅުކަން މިފަހަރު ވެސް ކުރިއަށްދާނެ އެވެ.  

ކޮވިޑާއި ގުޅިގެން މިދިޔަ އަހަރުގެ ހައްޖުގެ އަަޅުކަން ވެސް އެހެން އަހަރުތަކުގައި ކުރިއަށް ގެންދާ ގޮތަށް ކުރިއަކަށް ނުގެންދެވުނެވެ. ކުރިން ދެ މިލިއަނެއްހާ މީހުން އެ މާތް ބިމަށް ހައްޖުގެ އަޅުކަމަށް ޖަމާވި ނަމަވެސް މިދިޔަ ފަހަރު އެ ފުރުސަތު ދިނީ މަދު ބަޔަކަށެވެ. އަދި މިފަހަރު ވެސް ކޮވިޑްގެ ކަންކަން ހަމައަކަށް އެޅިފައި ނުވާތީ ހައްޖުގެ އަޅުކަން ކުރިއަށްދާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެވެ.

ވަރުގަދަ ފިޔަވަޅުތަކަކާއެކު ހައްޖުގެ އަޅުކަން މިދިޔަ ފަހަރު ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ އެ އަޅުކަމުގައި ބައިވެރިވި އެއްްވެސް ހައްޖާޖީއަކަށް ކޮވިޑް ޖެހިފައި ނުވުމެވެ.

ހަތް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އުމްރާގެ އަޅުކަން ވެސް ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން އުމްރާވެރިންގެ އަދަދުތައް އިތުރުކުރަމުންދަނީ ކޮވިޑުގެ ހާލަތަށް ބެލުމަށް ފަހެވެ. 

ސައުދީން މިހާތަނަށް ،378،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބަލީގައި 6500 މީހަކު މަރުވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް