ads
އިދިކޮޅުން ބާއްވާ ސައިކަލު ބުރުގެ ތެރެއިން--
އިދިކޮޅުން ކައުންސިލް އިންތިހާބަށް އަލުން ކެމްޕެއިން ފަށަނީ
އިދިިކޮޅު ކޯލިޝަނުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.

"މާގޭ ރާއްޖެ-މަގޭ ވޯޓު ރުކަށް" ނަމުގައި އިދިކޮޅުން ކެމްޕެއިން ހަރަކާތްތައް އަލުން ފަށަން ނިންމާފައިވާކަން އިއުލާންކޮށް އިދިކޮޅުގެ އިންތިހާބު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ އަލުން ކެމްޕެއިން ފަށާ ޖަލްސާ ބާއްވާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީގެ އޮފީހުގައި ކަމަށެވެ.

މުއާޒު ވިދާޅުވީ ކެމްޕެއިން ހަރަކާތް ކުރިއަށްދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ އެއްގޮތަށް ކަމަށާއި އެ ހަރަކާތުގައި ހުރިހާ ކެންޑިޑޭޓުން ވެސް ވާޗުއަލްކޮށް ބައިވެރިވާނެ ކަމަށެވެ.

އޭގެ އިތުރުން މުއާޒު ވިދާޅުވީ ކެމްޕެއިން ވާޗުއަލްކޮށް ބޭއްވި ނަމަވެސް އިންހާބަށް ވޯޓު ހޯދުމަށް ރަށްރަށަށް ވެސް ދަތުކުރާނެ ކަމަށެވެ. އެގޮތުން ކެމްޕެއިން ޓީމުތައް ރަށްރަށަށް ގޮސް އާންމުންނާ ބައްދަލުކުރާނީ ފަޅުތެރިން ކަމަށް ވިދާޅުވި އެވެ. 

އަންނަ އޭޕްރީލް މަހުގެ ދިހަ ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތް ކަމަށް އިދިކޮޅުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

އެ އިންތިހާބަށް މިފަހުން އެމްޑީޕީން ވެސް ވަނީ ކެމްޕެއިން ލޯންޗުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް