ނަދިޔޯން ޕަރް، (ލެޓް ދަ މިއުޒިކް ޕްލޭ އެގައިން) މި އިއްޔެ ދޫކޮށްލުމާއެކު އެންމެން ވެސް އަންނަނީ ޖާންވީގެ ނެށުމަށް ތައުރީފްކުރަމުންނެވެ. އޭނާގެ އެނާޖިޓިކް ޑާންސް މޫވް ވަރަށް ފުރިހަމަ ކަމަށާއި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމަށް ބުނެ އެވެ.
މި ފިލްމަކީ ހަރްދިކް މެހެތާގެ ޑައިރެކްޓު ކުރާ ފިލްމެކެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ ޑިނޭޝް ވިޖާން އެވެ. އަދި މި ފިލްމު ރިލީޒް ކުރަން ނިންމާފައިވަނީ މެޑޮކް ފިލްމްސް ޕްރޮޑަކްޝަންގެ ދަށުންނެވެ.
ރޫހީ މީގެ ކުރިން ރިލީޒް ކުރުމަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން މިއަހަރު މާޗް 11 އަށް މި ފިލްމު ރިލީޒް ކުރުން ވަނީ ލަސްކޮށްފައެވެ.