މިގޮތުން ތަހުގީގު ފަށާފައިވަނީ 2014 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި، އިރުމަތީ ގުދުސް ހިފުމަށް ހިންގާފައިވާ ޖަރީމާތައް ކަމަށް އެ ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ފަޓުއޯ ބެންސޮއުޑޯ ވަނީ ވިދާޅުވެފައެވެ.
ފަލަސްތީނު ހިމެނޭ ސަރަހައްދުގައި ހިންގާފައިވާ ޖަރީމާތައް ތަހުގީހު ކުރެވޭނެކަމަށް އެ ކޯޓުން ކަނޑައެޅީ މިދިޔަ ހަފްތާގައެވެ.
ކްރިމިނަލް ކޯޓުން މި ނިންމި ނިންމުން ބަލައި ނުގަންނާނެކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. ނަަމަވެސް ފަލަސްތީނުން ވަނީ އެ ނިންމުމަށް މަރުހަބާ ކިޔާފައެވެ.