މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނެއްގައި މަދުވެގެން ދެ މާއްދާއިން 'ޑީ' ގްރޭޑް ހާސިލުކޮށްފައިވުމާއެކު، ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިހާނުގައި ދިވެހިން މަދުވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ އެމްއެންކިއުއެފް ލެވެލް ތިނެއްގެ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ. އަދި އިއުލާނުގެ މުއްދަތު ހަމަވާއިރު އުމުރުން 40 އަހަރަށްވުރެ ދޮށީގެ މީހަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އިމިގްރޭޝަނުން ބުނީ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހާއި، ތަނާއި، ގަޑީގެ މައުލޫމާތު އިތުރަށް ހިއްސާކުރާނެ ކަމަށެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ ޗެނަލްތަކުން އަޕްޑޭޓްތައް ބަލަމުން ގެންދިއުމަށް އެދިފައިވެއެވެ.