ads
ޝްރައްދާ އާއި ރޯހަން--
ޝްރައްދާއާއެކު ލޯބިވެރިޔާ ވެސް ހުރީ ރާއްޖޭގައި
ބޮލީވުޑުގެ ޒުވާން ތަރި، ޝްރައްދާ ކަޕޫރު، އޭނާގެ އާއިލާއާއެކު ރާއްޖޭގައި މިވަގުތު ހުރިއިރު މި ދަތުރުގައި އޭނާގެ ލޯބިވެރިޔާ، ރޯހަން ޝްރެސްތާ ވެސް ބައިވެރިވަމުން އެބަދެ އެވެ.
Advertisement

އިއްޔެ ޝްރައްދާއަށް 34 އަހަރުވެފައިވާއިރު މިދަތުރުގައި ވަނީ ކޭކެއް ވެސް ފަޅާފަ އެވެ. އަދި މިހާރު އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ޝްރައްދާގެ ގައިގައި ރޯހަން ލޯބިން ބައްދާލައިގެން ހުރި ފޮޓޯތަކެއް ވެސް ދަނީ ދައުރުވަމުންނެވެ. 

މި ދޭތެރެއަކުން ވަނީ ޝްރައްދާއާއި ރޯހަން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭކަމަށް ވެސް އަޑު އަރާފަ އެވެ. އަދި އެކަމާއި ގުޅިގެން ޝްރައްދާގެ ބައްޕަ، އަދި އެކްޓަރު ޝަކްތީ ވަނީ އަދި ކައިވެނިކުރަން ނޫޅޭ ކަމަށާއި އެހެންނަމަވެސް ދަރިފުޅު މީހަކާ އިންނަންވުމުން އެނގޭނީ ދަރިފުޅަށް ކަމަށް ބުނެފަ އެވެ. 

ޝްރައްދާއާއެކު އޭނާގެ އާއިލާ ރާއްޖެއަށް އައީ އެމީހުންގެ އާއިލާގައި ހިމެނޭ ޕްރިޔާންކް ޝަރްމާ އާއި ޝަޒާ މޮރާނީގެ ކައިވެނީގައި ބައިވެރިވުމަށެވެ. 

މި ދަތުރުގެ މާގިނަ ފޮޓޯތަކެއް އަދި ޝްރައްދާ، ސޯޝަލް މީޑިއާއަކަށް ހިއްސާއެއް ނުކުރެ އެވެ. 

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް