ads
މާލޭ މިސްކިތްތަކުގައި ފާހަގަ ޖަހާފަ:
މާލޭ މިސްކިތްތަކުގައި ގައިދުރުކުރާނެ ފާހަގަ ޖަހަން ފަށައިފި
މާލޭ މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރަން މާލޭ ސިޓީ ކައުންސިލުން ފާހަގަ ޖަހަން ފަށައިފި އެވެ.

މި މަސައްކަތް އިއްޔެ ކުރަން ފަށާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުންނެވެ. 

ގައިދުރުކަމާއެކު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދަން ނިންމީ މިމަހުގެ ފުރަތަަމަ ދުވަހުން ފެށިގެންނެވެ. 

އިސްލާމިކް މިނިސްޓްރީން ނެރުނުު ބަޔާނެއްގައި ބުނީ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިއުމާއި، ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއްވާފައިވާތީ، ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާއި މަޝްވަރާކޮށް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިއަދުގެ މެންދުރުގެ ނަމާދުން ފެށިގެން ކޮވިޑްގެ މިހާލަތުން ލުޔެއް ލިބެންދެން މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް، ގައި ދުރުކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. 

މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލައި މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތިކަމަކަށްވުމާއި، މިހާލަތުން އަރައިގަތުމަށް ކުރެވެން އޮތްކަމަކީ މިސްކިތް ބަންދުކުރުމުގެ ބަދަލުގައި ގައިދުރުކަމާއި އެކު ނަމާދުގެ ޖަމާއަތް، ހެދުންކަމަށް ފަތުވާ މަޖިލީހާއި ބައެއް އިލްމުވެރިން ލަފާދީފައިވާތީ ކަމަށެވެ.

އަދި ހާލަތު ރަނގަޅުވާން ފެށުމާއެކު ކުރިއެކޭ އެއްގޮތަށް ޖަމާއަތުގައި ނަމާދު ގާއިމު ކުރެވިގެންދާނެ ކަމަށް ވެސް ބުނެ އެވެ.

ސިޓީ ކައުންސިލުން ސަމާލުކަންދޭން ޖެހޭ ކަންކަން: 

  • ނަމާދުކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓްއަޅާފައި ނެތުން.
  • ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން 
  • ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމު މިސްކިތްތަކުގައި ހަމަޖެއްސުން.
  • ކޮންމެހެން ބޭނުންކުރަށް ޖެހިއްޖެ ހާލަތެއްގައި ނޫނީ އެއާކޯން ބޭނުން ނުކުރުން.
  • އެއާކޯން ބޭނުން ކުރާނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭގޮތް ހެދުން.  

ނަމާދަށްދާ މީހުން ސަމާލުކަންދޭން ޖެހޭކަންކަން:

  • ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން.
  • މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން.
  • މާސްކު އެޅުން.
  • މިސްކިތައް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން.
  • މިސްކިތުގެ އެކިތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން.
  • ނަމާދަށް ސަފުހެދުމުގައި ގައިދުރުކަން ބެހެއްޓުން އަދި ގައި ދުރު ކަމާއެކު ނަމާދު ކުރުން.
  • ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި އުމުރުން ދުވަސް ވެފައިވާ މީހުން ގޭގައި ނަމާދުކުރުން.
  • ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން.
  • މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން.
  • މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން

އިމާމުން ސަމާލުކަން ދޭންޖެހޭ ކަންކަން:

  • ބަންގިއަށް ފަހު 5 މިނިޓު ތެރޭގައި ގަމަތްދީ ނަމާދު ފެށުން.
  • އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރުން.
  • ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުން.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް