ads
މިރުސް--
މި ރޯދައިގަ ކަނޑޫދޫ މިރުސް ތިޔާގިވާނެ، އަގުވެސް ހެޔޮ ވާނެ: ދަނޑުވެރިން
ކޮންމެ ރޯދަ މަހެއްގައި ވެސް ބާޒާރުގައި އެންމެ ޑިމާންޑް ބޮޑު އެއް ބާވަތަކީ ކަނޑޫދޫ މިރުހެވެ. މުޅި ރާއްޖެއަށް ނަން މަޝްހޫރު ކަނޑޫދޫ މިރުހަކީ އެ މިރުގެ ކުޅި ކަމާއި މީރު ކަމަށް މަޝްހޫރުވެފައިވާ މިރުހެކެވެ. ފާއިތުވި ދެ އަހަރު ވެސް ބާޒާރުގައި ކަނޑޫދޫ މިރުސް ލިބުމުގައި ދަތިވެ އަގު 700-1200 ރުފިޔާއަށް އުފުލިގެންދިޔަ އެވެ.

އަންނަ މަހުގެ 13 ގައި ރޯދަ މަސް ބައްދަލުކުރާއިރު މިފަހަރު ވެސް އެންމެ އަގު ޑިމާންޑް އޮންނާނެ އެކައްޗަކީ ކަނޑޫދޫ މިރުސްކަމާއި މެދު ޝައްކެއް ނެތެވެ. އެކަމަކު މިފަހަރު ކުރީ އަހަރުތަކުގައި މިރުސް ލިބުމުގައި ތަދުވި ވަރަށް އެކަން ކުރިމަތި ނުވާނެ ކަމަށް އެރަށުގެ ދަނޑުވެރިން ބުނެ އެވެ. 

ސީއެންއެމްއަށް ވާހަކަ ދެއްކި އެރަށުގެ ދަނޑުވެރިއެއް ކަމަށްވާ، އަބްދުﷲ މުއާޒު ވިދާޅުވީ، މިފަހަރުގެ ރޯދައަށް މިރުސް ހެއްދުމުގެ މަސައްކަތް އެހެން އަހަރުތަކެކޭ އެއްގޮތަށް ހަ މަސް ކުރިން ފެށި ކަމަށެވެ. އެގޮތުން އެރަށުގެ 100 އަށް ވުރެ ގިނަ ދަނޑު، މިރުހަށް ހާއްސަ ކުރެވިފައިވާއިރު މިރުސް ހެއްދުމުގެ ކަންކަން ވަރަށް ރަނގަޅަށް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ. 

މުއާޒު ވިދާޅުވީ، މިދިޔަ އަހަރު ބާޒާރުން ކަނޑޫދޫ މިރުސް ލިބެން ދަތިވީ، އެ ދުވަސްވަރު މިރުސް ހައްދެއިރު އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން ގަހުގައި މާ ހަރުނުލާތީ ކަމަށެވެ. އެހެންވެ، މިގިނަ މިރުސް ދަނޑުތައް ހަލާކުވެ، އެ ވިޔަފާރި މިދިޔަ އަހަރު ރަނގަޅަކަށް ނުކުރެވުނެވެ. ބާޒާރުގައި އިންތިހާއަށް ކަނޑޫދޫ މިރުހުގެ އަގު އުފުލިގެންދިޔައީ ވެސް އެހެންވެ އެވެ.

your imageކަނޑޫދޫ މިރުސް ދަނޑެއް--

މިފަހަރު އަދި މިހާތަނަށް ދަނޑު ހެއްދުމުގެ މަސައްކަތުގައި އެފަދަ ކަމާކާއި ކުރިމަތިނުވާކަން ފާހަގަކޮށް މުއާޒު ބުނީ މިހާރު ކުރިއަށްދާ ގޮތަށް ދަނޑު ހެއްދުމުގެ މަސައްކަތްތައް ކުރެވެމުންދާނަމަ، ބާޒާރުގައި އެއްވެސް ދައްޗެއް ނެތި، ކަނޑޫދޫ މިރުސް ލިބެން ހުންނާނެ ކަމަށެވެ. އަދި 250-350 ރުފިޔާއަށް ކިލޯއެއްގެ ރޭޓުން ލިބެން ހުންނާނެ ކަމަށެވެ. 

ކަނޑޫދޫ މިރުހަށް ހާއްސަ ނަމަވެސް އެރަށުގެ ދަނޑުވެރިން އަންނަނީ ރޯދައަށް ކަރާ ހެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން މީގެ ތިން މަހެއްހާ ދުވަސްކުރިން ފެށިގެން ކަރާ ދަނޑުތައް ތައްޔާރުކޮށް، އެ މަސައްކަތް ކުރެވެމުން އަންނައިރު މަދުމަދުން ދަނޑުތަކުގައި ކިއުކަމްބާ އާއި ބަޓާނާ ވެސް އަންނަނީ ހައްދަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް