ads
ދެކުނު އެފްރިކާގައި މީހެއްގެ އަނގައިން ސާމްޕަލް ނަގަނީ--- ފޮޓޯ: އޭއެފްޕީ
އެފްރިކާ ވޭރިއެންޓުން އުފެދޭ އެންޓިބޮޑީއިން އެހެން ވޭރިއެންޓުތަކާ ދެކޮޅަށް ރައްކާތެރިކަން
ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ގެ ވޭރިއެންޓުގެ ސަބަބުން ބަލިވާ މީހުންގެ ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީއިން އެހެން ވޭރިއެންޓުތަކާ ދެކޮޅަށް ހަށިގަނޑު ދިފާއުކޮށްދޭ ކަމަށް އެ ގައުމުގެ ސައިންސްވެރިން ހެދި ދިރާސާއިން ދައްކައިފި އެވެ.
Advertisement

ކޮވިޑް-19 ގެ ވައިރަސް މިއުޓޭޓްވެ އޭގެ އިތުރު ވޭރިއެންޓްތައް ވަނީ އެކި ގައުމުތަކުން ފެނިފަ އެވެ. އެގޮތުން 501Y.V2 ގެ ނަން ދީފައިވާ ދެކުނު އެފްރިކާގެ ވޭރިއެންޓު އެ ގައުމުން ފެނުނީ 2020 ވަނަ އަހަރުގެ ފަހުކޮޅު އެވެ. 

ހަލުވިކަމާއެކު ފެތުރޭ މި ވޭރިއެންޓުގެ ސަބަބުން އުފެދޭ އެންޓިބޮޑީ މެދުވެރިކޮށް އެހެން ވޭރިއެންޓުތަކާ ދެކޮޅަށް މަސައްކަތް ކުރެވުމަކީ ވެކްސިން އުފެއްދުމުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. 

އެފްރިކާ ހެލްތު ރިސާޗް އިންސްޓިޓިއުޓުގެ ފަރާތުން އެލެކްސް ސިގާލް ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވީ ދެކުނު އެފްރިކާ ވޭރިއެންޓުން ބަލިވި މީހުންގެ ހަށިގަނޑުން ނެގި ޕްލާސްމާ ބޭނުންކޮށްގެން، ކޮވިޑްގެ އޮރިޖިނަލް ވައިރަހާ ދެކޮޅަށް ޓެސްޓު ކުރިއިރު، އެދެވޭ ނަތީޖާއެއް ލިބުނު ކަމަށެވެ. 

އެހެންކަމުން ދެކުނު އެފްރިކާ ވޭރިއެންޓަށް ބިނާކޮށްގެން އުފައްދާ ވެކްސިނަކުން ކޮވިޑުގެ އެހެން ވޭރިއެންޓުތަކާ ދެކޮޅަށް ވެސް ރައްކާތެރިކަން ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ސިގާލް ވިދާޅުވި އެވެ. 

ރިޕޯޓުތައް ބުނާ ގޮތުން އެ ވޭރިއެންޓަށް ބިނާކޮށްގެން ވެކްސިން އުފެއްދުމުގެ މަސައްކަތް ފައިޒާ، އެސްޓްރަޒެނެކާ އަދި ޖޯންސަން އެންޑް ޖޯންސަން އިން މިހާރު ވެސް ދަނީ ކުރަމުންނެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން ކުންފުނިތަކުގެ ވެކްސިން މޮޑިފައިކޮށް ނެރެވޭނެ ކަމަށް ބެލެވެ އެވެ. 

އެމެރިކާގެ ބަޔޯޓެކް ކުންފުނި މޮޑާނާއިން މިދިޔަ ހަފްތާގައި ބުނީ ދެކުނު އެފްރިކާ ވޭރިއެންޓަށް ބިނާކޮށް އުފެއްދި ވެކްސިންގެ ޓެސްޓުތައް މާޗް މަހުގެ މެދުތެރޭގައި ފަށާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް