
މި އުޅަނދު ގޮވާފައިވަނީ ޓެސްޓު ބުރެއްގައި އުދުއްސާލުމަށްފަހު އަލުން އެމެރިކާގެ ޓެކްސަސްގައި ޖެއްސިތާ އިރުކޮޅެއް ފަހުންނެވެ.
މި އުޅަނދުގައި އަލިފާން ހިފާފައިވަނީ ޖެއްސިތާ އަށް މިނެޓު ފަހުން އޭގެ ފައެއްގައި އަލިފާން ހިފައިގެންނެވެ.
އުޅަނދު ގޮވި ނަމަވެސް، ސްޕޭސް އެކްސް އިން ބުނެފައިވަނީ މި އުޅަނދަކީ ޓެސްޓުކުރަން ބޭނުންކުރި އުޅަނދެއްކަމަށާއި، އުޅަނދު އުދުއްސާއި ގަތުމުގެ އިތުރުން އަލުން ޖެއްސިއިރުވެސް ހަމަޖެހިލައިގެން އުޅަނދު ޖައްސާފައިވާކަމަށެވެ.
ސްޕޭސް އެކްސް އަކީ އެލަން މަސްކުގެ ކުންފުންޏެކެވެ. މި ކުންފުނީގެ އަމާޒަކީ، ދުނިޔެއިން ބޭރުގެ އެކި މަންޒިލްތަކަށް ކުރާ ދަތުރުތައް ކުރުމުގައި ދާއިމީ އުޅަނދުތަކެއް ބޭނުންކުރުމެވެ. އެގޮތުން އެ އުޅަނދުތަކަކީ ފެެރީއެއްގޮތައް ދެކޮޅަށް ދެކޮޅަށް ދަތުރުކުރެވޭ އެއްޗަށް ހެދުމެވެ. މިގޮތުން 2023 ވަނަ އަހަރު މާސް އަށް އިންސާނުން ފޮނުވުމަށް ވެސް ސްޕޭސް އެކްސްގެ އުޅަނދެއް ބޭނުންކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.