ads
އިމިގްރޭޝަން މައްސަލަ: ހައްޔަރުކުރި މީހުންގެ ވަނަވަރު
ޝައްމާން މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާން ވަހީދާއި އެ ތަނުގެ ހަތަރު ވައްޒަފެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
Advertisement

ޝައްމާން އަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާއާ އެކު ހައްޔަރުކުރި ބިދޭސީންތަކެއްގެ ތެރެއިން އެކަކު ދޫކޮށްލުމަށް ފަހު، އޭގެ މުގާބިލުގައި އެ މީހާގެ އަތުން 500،000ރ.އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ނެގިކަމަށް ތުހުމަތު ކުރެވެއެވެ.

މި މައްސަލައިގައި މިދިޔަ މާރިޗުމަހުގެ 20 ވަނަ ދުވަހުގެރޭ ހައްޔަރުކޮށްފައިވަނީ މޫނިމާގެ/ ތ. ބުރުނީ، މުހައްމަދު އަލްސަން އިސްމާއިލް އާއި ގ. ހެޕީސައިޑް/ މާލެ، އިބްރާހިމް އަހުމަދު އާއި ގ. ހެޕީސައިޑް/ މާލެ، ހަސަން ސަހެޝާން އެވެ. އަދި ޖެހިގެން އައި 21 ވަނަ ދުވަހުގެރޭ ފުލުހުން ވަނީ މުހައްމަދު ޝަމްއާން ވަހީދުވެސް ވަނީ ހައްޔަރުކޮށްފައެވެ. 

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން އެ އޮފީހަށް ހުށައެޅީ އިއްޔެކަމަށެވެ. މި މައްސަލާގައި ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަގާމުން ވަކިކުރި، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދުގެ ގެއިން ދެ ލަެއްކައެއަށޤ ވުރެ ގިނަ ރުފިޔާއާއި އެތައް ހާސް ޑޮލަރެއް ފެނިފައިވާކަަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް