ads
އައްޑޫ ސިޓީ ހަންކެދަ ބްރިޖު
ފެން ލީކުވުމުގެ ސަބަބުން 10 މިލިއަން ރުފިޔާގެ ގެއްލުން
ފެނަކައިން އައްޑޫގައި ހިންގާ ފެނުގެ ޕްލާންޓްތަކުން ގިނަ އަދަދެއްގެ ފެން ބިމަށް ލީކުވެ، 10 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން އޮޑިޓް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
Advertisement

މިދިޔަ ބުދަ ދުވަހު ނެރުނު މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ހިތަދޫގެ ޕްލާންޓުން އުފައްދާފައިވާ ފެނުގެ 54 ޕަސަންޓް އަދި ހުޅުމީދޫގެ ޕްލާންޓުން އުފައްދާފައިވާ ފެނުގެ 16 ޕަސަންޓް ބިމަށް ލީކުވެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މިހާ ގިނަ އަދަދެއްގެ ފެން އިސްރާފުވެގެން ދިޔަ މައިގަނޑު ސަބަބަކީ އައްޑޫގެ މަގުތައް އެކިއެކި ބޭނުންތަކަށް ކޮނުމުގެ ތެރޭގައި ބަލަންވާވަރަށް ނުބަލާތީ ފެންހޮޅިތައް ފަޅައިގެން ގޮސް ބިމަށް ފެން ބޭރުވާތީއެވެ. އަދި ފެން ލީކުވާ ސަރަހައްދާއި ލީކުވާކަން ވަގުތުން އެނގޭނެ ނިޒާމެއް އައްޑޫ ފެން ޕްލާންޓްތަކުގައި ހަރުކޮށްފައި ނުވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ގެއްލުން ލިބުނު ނަމަވެސް އެކަންތައް ފެނަކައަށް ބައެއް ފަރާތްތަކުން އަންގަމުން ނުދާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން 2022 ވަނަ އަހަރު ލާޒިމްކޮށްފައިވާ ފެނުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް ހަދަންޖެހޭ 11 ޓެސްޓެއް ފެނަކައިން ހަދާފައިނުވާކަން ވެސް އޮޑިޓުން ފާހަގަކޮށްފައިވެއެވެ. ބައެއް ޓެސްޓްތައް ހަދަން ފެނުގެ ސާމްޕަލް މާލޭގައި ހުންނަ މައި އޮފީހަށް ފޮނުވި ނަމަވެސް، އެ ޓެސްޓްތައް ހެދިކަމުގެ ރިޕޯޓް ފެންނަން ނެތްކަމަށް އޮޑިޓަރުން ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން އައްޑޫސިޓީގެ ރައްޔިތުން ބޭނުންކުރަމުންދާ ފެނުގެ ސާފުތާހިރުކަން ކަށަވަރެއް ނުކުރެވޭކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް