ads
ކަސްރަތާއި ރަނގަޅު ޑަޔަޓަކީ ދިގު އުމުރަކަށް މުހިއްމު ދެ ކަންތައް--
އުމުރު ދިގު ކުރާނެ ފަސް ގޮތް
ސިއްހީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބިފައިވާ ކުރިއެރުމުގެ ސަބަބުން އިންސާނުންގެ އެވްރެޖް އުމުރު މިހާރު ވަނީ ދިގުވެފަ އެވެ. ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުގެ ސަބަބުން އުމުރުން ދުވަސްވާ ވަރަކަށް ކެންސަރު ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

އުފާވެރި ހަބަރަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ކުޑަ ބަދަލަކުން ވެސް އެފަދަ ބަލިތަކާ ދުރުވެ، ދިގު އުމުރުގެ ބޭނުން އެންމެ ފުރިހަމައަށް ލިބިގަތުމުގެ ފުރުސަތު އޮތް ކަމެވެ. ބްރިޓިޝް މެޑިކަލް ޖާނަލްގައިވާ ދިރާސާއެއްގައި ވަނީ އުމުރު ދިގު މީހުން ބަލިތަކާ ދުރުވެވޭނެ ފަސް ކަމެއް ފާހަގަކޮށްފަ އެވެ. 

އެ ފަސް ކަމަކީ ހަޔާތުގެ އެއްވެސް ހިސާބެއްގައު ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ރަނގަޅު ބަރުދަނެއްގައި ދެމިހުރުމާއި، ދުވާލަކު މަދުވެގެން 30 މިނެޓު ހަރަކާތްތެރިވެ އުޅުމާއި، ރާ ބުއިން ފަދަ ކަންކަމުން ދުރުހެލިވުމާއި، ހަމަހަމަ ޑަޔަޓެއް ގެންގުޅުމެވެ.

ދިރާސާ ރިޕޯޓުގައި ސަރުކާރުތަކަށް ލަފާދީފައި ވަނީ ސިޔާސަތު ކަނޑައަޅާއިރު، ކާބޯތަކެތީގެ ކޮލިޓީ ރަނގަޅު ކުރުމަށާއި ކަސްރަތަށް މަގުފަހިވާނެ މާހައުލެއް ލިއްބައިދެވޭނެ ގޮތަށް ވިސްނުމަށެވެ. އޭގެ އިތުރުން އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުން ފަދަ ކަންކަމަށް ވެސް ބާރުއަޅާފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް