ރަކުލް ހުރީ ހުސްކޮށް!
05 ނޮވެންބަރ 2019 - 10:08:25
ކާމިޔާބު އެކްޓަރެސް ރަކުލް ޕްރީތް ސިންގު ހުރީ ހުސްކޮށް ކަމަށް އޭނާ ބުނެފިއެވެ.
ކާމިޔާބު އެކްޓަރެސް ރަކުލް ޕްރީތް ސިންގު ހުރީ ހުސްކޮށް ކަމަށް އޭނާ ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ރަކުލް ބުނީ އޭނާ އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިގެން ނޫޅޭ ކަމަށެވެ. ސަބަބަކީ އޭނާ އުޅެނީ މަސައްކަތުގައި ވަރަށް ބުރަކޮށް ކަމަށް ރަކުލް ބުންޏެވެ. އަދި އޭނާ ސިންގަލް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މީގެ ކުރިން އެކްޓަރު ރާނާ ދައްގުބަތީ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތައް ފެތުރުނު ނަމަވެސް ރަކުލް ވަނީ އެހަބަރު ދޮގުކޮށްފަ އެވެ. އަދި އެ ދެ މީހުންނަކީ އަވަށްޓެރިން ކަމަށްވެސް ވަނީ ބުނެފަ އެވެ.
ރަކުލް އަކީ ތަމަޅަ ފިލްމު އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ފަންނާނެކެވެ. މީގެއިތުރުން ބޮލީވުޑުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން އޭނާ ބޮލީވުޑަށް ތައާރަފްވީ "ދޭ ދޭ ޕިޔާރް ދޭ" އިންނެވެ.
ރަކުލް އެންމެ އަވަހަށް ފެނިގެންދާނީ މިމަހު 22 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ "މަރްޖާވާން" އިންނެވެ.
މީގެއިތުރުން އެންޓީއާރް ބަޔޯ ޕިކްގެ މަސައްކަތް ވެސް އޭނާ އަންނަނީ ކުރަމުންނެވެ. އެފިލްމުގައި އޭނާ ފެނިގެންދާނީ ސްރީދޭވިގެ ރޯލުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް