ads
ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިން
ކުޑަ ފިރިހެންކުއްޖަކަށް ޖިންސީ ގޯނާކުރި ފިރިހަނަކު ހައްޔަރުކޮށްފި
އުތުރުގެ ރަށެއްގައި ކުޑަ ފިރިހެންކުއްޖަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ފިރެހެނެއް ކަމަށާއި އޭނަ ޖިންސީ ގޯނާކޮށްފައިވަނީ 10 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ.

ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ފުލުހުންގެ ފަރާތުން އެ ކުއްޖާގެ އަތޮޅާއި ރަށް ހާމަކޮށްފައެއް ނުވެއެވެ. 

މި ހާދިސާގެ މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސާ ބުނީ، އުތުރުގެ ރަށެއްގައި( ނ، ރ، ބ، ޅ) ހިމެނޭ ރަށެއްގައި 10 އަހަރުގެ ކުޑަ ފިރެހެން ކުއްޖާއާއި ބެހެނު ކަމުގެ ތުހުމަތުގައި 34 އަހަރުގެ ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށެވެ. 

އަދި އެމީހާގެ ބަންދާޢިމެެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓައިގެން ތަހުގީގުކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ. 

ފުލުހުން ބުނީ މިމައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް