ads
ފޮޓޯ: އިމިގްރޭޝަން--
ބޭރުގެ 60 މިއުޒިޝަނެއް ރާއްޖެއިން ފުރުވާލުމަށް އަންގައިފި
ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ރިސޯޓުތަކުގައި، ފޮޓޯގްރާފަރުންގެ ގޮތުގައާއި އަދި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި މަސައްކަތް ކުރަމުންދާ ބޭރުގެ 60 ފަރާތެއް ރާއްޖެއިން ފުރުވާލުމަށް މޯލްޑިވްސް އިމިގްރޭޝަންއިން އަންގައިފި އެވެ.

ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތްކުރުވަމުންދާ މައްސަލަތަކާއި ގުޅޭގޮތުން އިމިގްރޭޝަންއިން ބުނީ، ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެވުމަށްފަހު، އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ އެއިދާރާއަށް ލިބެމުންދާ ކަމަށެވެ. އެޝަކުވާގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ރިސޯޓުތަކުން ފޮޓޯގްރާފަރުންގެ ގޮތުގައާއި އަދި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ޝާމިލް ކުރަމުންދާކަމުގެ ޝަކުވާތައް ކަމަށް އިމިގްރޭޝަންއިން ބުނެއެވެ.

އެގޮތުން އެ ޝަކުވާތަކާއި ގުޅިގެން އެއިދާރާއިން އެ މައްސަލަތައް ބަލާ 60 ފަރާތެއް ރާއްޖެއިން ފުރުވާލުމަށް މިހާރު ވާނީ އަންގާފައިކަމަށާއި އެ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯޑަރު ހުޅުވާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން މިހާރު ވަނީ ފުރާފަ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. 

"މި އިދާރާއަށް މަޢުލޫމާތު ލިބެމުންދާ ގޮތުގައި އަދިވެސް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ފޮޓޯގްރަފީ އާއި މިއުޒިކީ މަސައްކަތްތައް ދަނީ ކުރުވަމުން. މި ފަދައިން ވިޔަފާރިތަކުން އަމަލު ކުރަމުން ދިއުމުން، ދިވެހި ފަންނާނުންނަށް ލިބޭ ފުރުސަތުތައް ގެއްލި، މާލީގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ މަޢުލޫމާތު އެކިއެކި ފަރާތްތަކުން ދަނީ މި އިދާރާއާއި ހިއްސާކުރަމުން. އިމިގްރޭޝަންއިން ބުނެފައިވެއެވެ.

އެެހެންކަމުން، އެފަދަ ގޮތަކަށް ބިދޭސީ ފަރާތްތައް ގެނެސްގެން މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު އެއިދާރާއިން ހަރުކަށި ފިޔަވަޅު އަޅަމުންދާނެކަމަށާއި ދިވެހި ފަންނާނުންގެ ކުރިމަގަށް ނުރަނގަޅު އަސަރު ކުރާނެ ފަދަ އަމަލުތަކުން އެއްކިބާވުމަށާއި، ގަވައިދާ ހިލާފަށް ބިދޭސީންލައްވާ މަސައްކަތް ނުކުރުވުމަށް އިމިގްރޭޝަންއިން ވަނީ އިލްތިމާސް ކޮށްފައެވެ.

88%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް