ads
ހަފްލާގެ ތެރެއިން
ޝްރައްދާ އާއިލާއިން ރާއްޖޭގައި ބޭއްވި ކައިވެނީގެ ލޯބި ފޮޓޯތަކެއް!
ދެބެއިންގެ ދެދަރި ކުއްޖަކު ރާއްޖެގައި ބާއްވާ ކައިވެނި ހަފްލާގައި ބައިވެރިވުމަށް ބޮލީވުޑުގެ ޒުވާން ތަރި، ޝްރައްދާ ކަޕޫރު ރާއްޖެ އައިސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ

އެކްޓަރު ޕަދްމިނީގެ ދަރިފުޅު ޕްރިޔާންކާ އާއި ޕްރޮޑިއުސަރު ކާރިމް މޮރާނީގެ ދަރިފުޅު ޝަޒާ ކައިވެނިކުރީ ފެބްރުއަރީ މަހުގެ ކުރީކޮޅު ކޯޓުގަ އެވެ. 

ފަހުން ރައްޓެހިންނާއި ގާތް މީހުންނާއިއެކު އިންޑިއާގައިވެސް ޕާޓީއެއް ބޭއްވުމަށްފަހު، ރާއްޖެ އައިސްފައިވަނީ ވަރަށް ކުލަ ގަދަ ހަފްލާއެއް ބޭއްވުމަށެވެ.

your imageކައިވެނި ހަފްލާގެ ތެރެއިން

އެ ހަފްލާގައި ބައިވެރިވުމަށް ޝްރައްދާއާއެކު އޭނާގެ އާއިލާ ރާއްޖެއައިސްފައިވާއިރު ރާއްޖޭގައި ބޭއްވި އެ ހަފްލާގެ ލޯބި ފޮޓޯތަކެއް މިހާރު އަންނަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.

އިންޑިއާގެ ސަގާފަތާއި އެއްގޮތަށް އަދި މޮޑާން ސެލެބްރޭޝަނެއް ވެސް ވަނީ ބާއްވާފައެވެ.

އާއިލާގެ މީހެއްގެ ކައިވެނީގެ ރަސްމިއްޔާތެއްގައި ބައިވެރިވާން ޝްރައްދާ ރާއްޖެއަށް އައިއިރު މާޗު މަހުގެ 3 ވަނަ ދުވަހަކީ ޝްރައްދާގެ 34 ވަނަ އުފަން ދުވަހެވެ.

your imageކައިވެނި ހަފްލާގެ ތެރެއިން 

މި އުފަންދުވަހުގެ ހަފްލާވެސް ކުލަ ގަދަކޮށް ފާހަގަކޮށްފައިވާއިރު އޭނާގެ ލޯބިވެރިޔާކަމަށް އަޑުތައް ފެތުރިފައިވާ ރޯހަން ޝްރެސްތާ ވެސް މި ފޮޓޯތަކުން ފެނެއެވެ. 

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް