ads
ފުވައްމުލަކު ރިންގް ރޯޑް——-
ފުވައްމުލައް ކުލަސްޓާ: 51 މީހުން ޕޮޒިޓިވް
ފުވައްމުލަކު ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 51 އަށް އަރައިފި އެވެ.

ފުވައްކުލަކު ސިޓީގެ ޑެޕިއުޓީ މެޔަރު މުހައްމަދު ޒިރާރު ސީއެންއެމްއަމް ވިދާޅުވީ ފުވައްމުލަކު ސިޓީގައި ތިން ކުލަސްޓާ އުފެދިފައި ވާއިރު އެތިން ކުލަސްޓާވެސް އޮތީ އެކްޓިވްކޮށް ކަމަށެވެ. އަދި ޖުމްލަ 19 އެކްޓިވް ކޭސް މިހާރު އެސިޓީގައި އެބައޮތް ކަމަށް ވެސް ޒިރާރު ހާމަކުރެއްވި އެވެ.

މީގެ އިތުރުން ޒިރާރު ވިދާޅުވީ މިހާރު ފުވައްމުލަކުން 33 މީހަކު ވަނީ ކޮވިޑް-19 ގެ ބަލިން ރަނގަޅުވެފައި ކަމަށެވެ.

އަދި މިއަދުވެސް ފުވައްމުލަކު ސިޓީގައި 50 އެއްހާ ރޭންޑަމް ސާމްޕަލިންގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ޒަރީރު ހާމަކުރެއްވި އެވެ.

ފުވައްމުލަކު ސިޓީގައި ކޮވިޑު ފެތުރިފައިވަނީ ދުބާއީ އިން އައިސް ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހަކާ ގުޅިގެންނެވެ. އަދި އެ ރަށުން ނެގުނު ރޭންޑަމް ސާމްޕަލްގެ ތެރެއިން އެކަކު ޕޮޒިޓިވްވެފަވެ އެވެ. 

ފުވައްމުލަކުން ކޮވިޑް-19 ފެނުމާއެކު އެރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ. އަދި އެ ރަށުގައި ވަނީ ކާފިއު ވެސް އިއުލާނު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް