ads
މަހާޖައްރާފަ.. ފޮޓޯ: އެމްޓީސީސީ
ދުވާފަރު ބިން ހިއްކުމަށް މަހާޖައްރާފަ ގެންގޮސްފި
ރ. ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށްޓަކައި މަހާޖައްރާފަ އެރަށަށް ގެންގޮސްފިއެވެ.

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ، އެއް މަޝްރޫއު ފެށުމަށްޓަކައި މަހާޖައްރާފަ މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށާއި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. 

މި މަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، އަދި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. 

ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވީއިރު، ދާދިފަހުން ވަނީ، އެރަށުގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ތާރައެޅުމުގެ މަސައްކަތް ނިންމާލާފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަނީ މަގުމަތީ ނިޝާން އަދި ޒީބްރާ ކްރޮސިން ނިޝާން ޖެހުމުގެ މަސައްކަތާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތާއި، މަގުތައް ސާފުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެ އެވެ.   

އެ މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813.08 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް