ސޯސަލް މީޑިއާގައި ދައްކަވާ ވާހަކަތަކެއް ތަހުގީގު ކުރުމަށް އެމްއެންޔޫގެ ލެކްޗަރާކަމުން މިއަދު ޑރ. އިޔާޒް ވަނީ 14 ދުވަހަށް ސަސްޕެންޑުކޮށްފައެވެ.
މިކަމާއި އިޔާޒްއަށް ސަޕޯޓުކުރައްވާ ބައެއް އިލްމުވެރިން އަންނީ ނުރުހުން ފާޅުކުރަމުންނެވެ.
އެގޮތުން ޝޭހް އިލިޔާސް ވިދާޅުވީ، އިލްމުވެރިންގެ އަގު ވައްޓާލާ، އިލްމުވެރިންނާ ޖައްސާލުމަކީ ކޮންމެ ވެރިކަމަކަށް ވެސް ހެދޭ އެންމެ ބޮޑު ގޯސް ކަމަށެވެ.
މި މައްސަލައިގައި ޑރ. އިޔާޒު ވިދާޅުވެފައިވަނީ ހަކުރާގޭގައި އެކޮޅުކޮޅުން އެލުވާ ހަވަރަށް ދިނަސް ހައްގުބަސް ވިދާޅުވާނެކަމަށެވެ.