ads
-------
މި ގޭ އެންމެން ލަނީ ހުސް ރަތާއި ހުދު، ހުރިހާ ސާމާނެއް ވެސް އެކުލައިގަ!
އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ، ސެވަންރާޖަކީ ރަތާއި ހުދަށް މޮޔަވެފައިވާ މީހެކެވެ. އޭނާގެ "ފޭވަރިޓް" އަކީ އެއީ އެވެ. އެކަމަކު ކުލައެއް، ރީތިވިޔަސް، އުމުރު ދުވަހު، އެ ކުލައިން ހެދުންލާއި، މުޅި ގޭގައި އެ ކުލައިގެ ސާމާނު ބޭނުންކުރާނީ މަދު ބައެކެވެ. އެ މަދު މީހުންގެ ތެރެއިން އެކަކީ މިއީ އެވެ.

ގޭގެ ސިޓިން ރޫމާއި ބަދިގޭގެ އިތުރުން ފާހާނާއަކީ ވެސް ހަމަ މި ބުނާ ރަތާއި ހުދު ކުލައިގެ ސާމާނު ބޭނުންކޮށްގެން ހަދާފައިވާ ތަންތަނެވެ. ގެންގުޅޭ ކާރާއި ސައިކަލާއި އަތުގައި އަޅާ ގަޑިއާއި ދެންވެސް ހުރިހާ ސާމާނަކީ ހަމަ މި ދެ ކުލައިގެ ސާމާނެވެ. 

your image------

ވިޔަފާރިވެރިޔާ ސެވަންރާޖް، އޭނާގެ ކެރިއަރު ފެށި ދުވަސް އަބަދުވެސް ލާއުޅުނީ ހުދު ކުލައިގެ ގަމީހަކާއި ރަތް ޓައި އެކެވެ. މިހެންކަމުން، މި ދެ ކުލައަށް އޭނާ ހިތްޖެހިފައިވާކަން އެނގެ އެވެ. 

your image-----

އޭނާގެ އަންހެނުން ޕުޝްޕާ ބުނާ ގޮތުގައި މީގެ އަށާރަ އަހަރުކުރިން، އެމީހުން ކައިވެނިކުރިއިރު އަބަދު އެ ދެ ކުލައިގެ ހެދުން ލާ މަންޒަރު ބަލަންވީ އާކަމަކަށެވެ. އަދި ފަހުން އޭނާއަކީ އެކަމަށް މޮޔަވެފައި ހުރި މީހެއްކަމުން، ފިރިމީހާގެ ނިންމުމާއި އެއްގޮތަށް ކުރިއަށްދާން ނިންމީ އެވެ. އަދި އެމީހުން އަންހެން ދަރިފުޅާއި ފިރިހެން ދަރިފުޅު ވެސް ލާ އުޅެނީ ހަމަ ހުދާއި ރަތެވެ. 

ރަތާއި ހުދުގެ އިތުރުން އޭނާއަށް އެންމެ ކަމުދާ ނަމްބަރަކީ ހަތެކެވެ. މިހެންކަމުން، އޭނާ، ލާ ގަމީސް ނުވަތަ ކޯޓުގައި އަބަދުވެސް ކްރޯންއަކާއެކު ހަތެއް ޖަހާފައިވާނެ އެވެ. އަދި ކްރޯންގައި ވެސް ހަތް ތަރި ހިމެނެ އެވެ. އަދި އޭނާގެ ފޯނު ނަމްބަރު ވެސް 7777 އަކުން ނިމޭއިރު އޭނާގެ ކޯޓުގެ އަތުގައި ވެސް ހަތް ގޮތް ހަރުކޮށްފައިވެ އެެވ. 

އޭގެ އިތުރުން، ހަތަކަށް ޖެހިފައިވާ ލޯބީގެ ބޮޑުކަމުން، ހަތް ބަހުން ވާހަކަ ދައްކަން ވެސް ދަސްކުރި އެވެ. އެއީ ކަންނަޑާ އާއި އިނގިރޭސި، ހިންދީ، ތެލޫގޫ އަދި ތަމިލް އާއި މަރާޓީގެ އިތުރުން މަލަޔާލަމް އެވެ.

އަދި އޭނާއަށް ސެވަންރާޖު ކިޔާއިރު އެ ނަމަކީ ވެސް އޭނާއަކީ އާއިލާގެ ހަތް ވަނަ މެމްބަރުކަމުންދީފައިވާ ނަމެއް ކަމަށް ބުނެ އެވެ. ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ ސެވަންރާޖު ބުނާ ގޮތުން، މީހުންގެ މެދުގައި އޭނާ އެނގެން ބޭނުންވަނީ ރަތާއި ހުދު ކުލައިގެން ހެދުންލާ މީހެއްގެ ގޮތުގަ އެވެ. 

33%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް