ads
އައްޑޫ ފުލައިން ސްކޫލް
ސްޕެއާ ގެންނަށް ދެތިން މަސްނަގާނެ، އެއާއެކު ދަރިވަރުންގެ ފްލައިން އަވަސްވާނެ: ޖީއެމް
އައްޑޫ ފްލައިން ސްކޫލުގެ އެއާކުރާފްޓްތަކުގެ ސުޕެއާ ރާއްޖެ ގެންނަން ދެތިން މަސް ނަގާނެ ކަމަށާއި އެއާއެކު ދަރިވަރުންގެ އުދުހުންތައް އަސްވެގެންދާނެ ކަމަށް ފްލައިން ސްކޫލުގެ ޖެނަރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ފަޒީލް ވިދާޅުވީ ސަރުކާރުން ފްލައިން ސުކޫލަށް 200000 ޑޮލަރުދިން ކަމަށް ބުނެ ފަތުރާ ހަބަރަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. 

އަދި ފްލައިން ސުކޫލް ހިންގުމަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ބީއެމްއެލް އިން ޑޮލަރު މާރުކުރަމުން އައި އުސޫލުގެ ހިދުމަތް އެއްވެސް އެންގުމަކާ ނުލާއި ކަނޑާލާފައި ވުމާއެކު ސުކޫލްގެ އެއާކުރާފްޓްތަކަށް ބޭނުންވާ ސުޕެއާ ގެނައުމަށް ދަތިތަތައް ހިމެނެ އެވެ.  

އެގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެކަމަށް ހައްލު ހޯދުމަށް އެ ސުކޫލްއާއި ސިވިލް އޭވިއޭޝަނާ ގުޅިގެން ކުރެވުން މަސައްކަތްތަކުން އެ ސުކޫލުން 200،000 ޑޮލަރު ނޯމަލް ރޭޓްގައި ގަތުމަށް ބެންކު އޮފް މޯލްޑިވްސް އިން ހަތަރެއް މާޗުގައި ފުރުސަތުދީފައިވާ ކަމަށް ސިވިލް އޭވިއޭޝަނުން އެންގި ކަމަށް ފަޒީލް ވިދާޅުވި އެވެ. 

އަދި އެކަމަކީ މުސްތަގުބަލްގައި ވެސް ކުރިއެކޭ އެއްގޮތަށް ސުކޫލް ހިންގުމަށްދޭން ޖެހޭނެ ހިދުމަތެއް ކަމަށް ދެކޭ ކަމަށް ފަޒީލް ވިދާޅުވި އެވެ.

އަދި ބީއެމްއެލްއިން ފްލައިން ސްކޫލަށް 200000 ޑޮލަރު މާރުކުރުމުގެ ހުއްދަ ދިނުމާއެކު ފްލައިން ސްކޫލުން ދަނީ އެއާކުރާފްޓްތަކުގެ ސުޕެއާ ގެނައުން އަވަސްކުރުމަށް މަސައްކަތް ކުރަމުން ކަމަށް ފަޒީލް ވިދާޅުވެ އެވެ.

ފަޒީލް ވިދާޅުވީ އެކަމަކު ސްޕެއާ ރާއްޖެ އެތެރެކޮށް އެކަން ނިންމުމަށް ދޭއް ނުވަތަ ތިން މަސް ވަރު ނަގާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ނަމަވެސް ސްފެއާ ލިބުމާއެކު ފްލައި ކުރުމަށް ކިޔުގައި ތިބި ދަރިވަރުންނަށް ދަތުރުތައް ކުރުމުގައި އަވަސްވެގެންދާނެ ކަމަށާއި އަދި މިހާރު އިމްތިހާނުތައް ނިންމަމުންދާ ދަރިވަރުންގެ އިމްތިހާނު ނިމެންވާއިރަށް އެ ކުރެވޭ މަސައްކަތްތަކުގެ އަލީގައި ވަރަށް އަވަސް ސްޕީޑެއްގައި އުދުހުން ނިންމާލަން ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް ފަޒީލް ވިދާޅުވި އެވެ.

މީގެ އިތުރުން ފަޒީލް ވަނީ ދަރިވަރުންނަށް އަލި މަގެއް ހޯދައިދިނުމަށް އެ ސްކޫލުން އެފަދަ ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގައި އެ ސުކޫލްގެ ހިންގުމުގެ ކަންކަމަށް އޮޅުން އަރާފަދަ ގޮތްގޮތަށް ސޯޝަލް މީޑިއާގައި އަދި ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.  

އަދި މިފަދަ ކަންކަމުގެ ސަބަބުން ކިޔަވާ ދަރިވަރުންނާއި އެދަރިވަރުންގެ މައިންބަފައިންގެ ހިތުގައި ނުތަނަވަސްކަން އުފެދި ބިރުވެރިކަން އުފެދެމުންދާކަން ވެސް ފަޒީލް ވަނީ ފާހަގަކޮށްފަ އެވެ. އަދި ފްލައިން ސުކޫލުގެ ކަންކަން ސިޔާސީ ކަމަކަށް ނެހެދުމަށް ވެސް އެދިވަޑައިގަތެވެ.

ދެހާސް އެއް ވަނަ އަހަރު ތަސްދީގުކުރެވުނު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ 2/2012 ދަށުން، 2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލުގެ އެކި މައްސަލަތައް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. މީގެ ތެރޭ އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައާއި، ބައެއް ދަރިވަރުން ކޯހުން ވަކި ކުރުމަށް ނޯޓިސް ދިނުމުގެ ބައެއް މައްސަލަތައް ފާހަގަ ކުރެވެއެވެ.

ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނުން ނަގައިގެން ކިޔަވާ ކުދިން ކަމަށް ވެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށް ވާތީ، ކޯސް ނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ.

ބާރަ މަސް އަދި 18 މަހުން ކޯސް ނިމޭނެ ކަމަށް ދަރިވަރުންނަށް އެންގި ނަމަވެސް އެވްރެޖް ގޮތެއްގައި ސްކޫލުން ކޯސް ނިންމާލެވެނީ ތިން އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހުން ކަމަށް ދަރިވަރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް