ads
2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ތަށްޓާ އެކު އޭރުގެ ރައީސުލްޖުމްހޫރިއްޔާ
ޕްރެޒިޑެންޓްސް ކަޕު އަލުން ބޭއްވުމަކީ އުއްމީދެއް: އެފްއޭއެމް
ޕްރެޑިޓެންސް ކަޕް އަލުން މިއަހަރު ބޭއްވުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް އެފްއޭއެމުން ބުނެފި އެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ކުޅޭ މި މުބާރަތް، އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން އެފްއޭއެމުން އަދި ނުބާއްވަ އެވެ.

ރާއްޖޭގެ އެންމެ ޝަރަފުވެރި، އަދި އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެހާސް ސަތާރަވަނަ އަހަރު އެވެ. ދެހާސް އަށާރަވަނަ އަހަރު ވެރިކަން ބަދަލުވި ފަހުން މި މުބާރާތް އަދި މިހާތަނަށް ނުބާއްވާ އެވެ.

އެފްއޭއެމުން ގެނެސްދޭ ލެޓްސް ޓޯކް ފުޓްބޯޅަ ޝޯވގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒު ވިދާޅުވީ މި އަހަރު ޕްރެޒިޑެންޓްސް ކަޕު މި އަހަރު ބޭއްވުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

ދެހާސް ސަތާރަވަނަ އަހަރުން ފެށިގެން އެކިއެކި ސަބަބުތަކާއި ހުރެ ޕްރެޒިޑެންޓްސް ކަޕް، ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ ގައުމީ މުބާރާތް މެދުކެނޑިފައި ވާއިރު، މިއީ ރާއްޖޭގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މުބާރާތް ވެސް މެއެވެ. މި މުބާރާތް އަލުން ބޭއްވުމަށް އެފްއޭއެމުން މި އަހަރުގެ ކަލަންޑަރުގައިވެސްވަނީ ހިމަނާފައެވެ.

ކޮވިޑުގެ ނުރައްކަލާހުރެ މި ވަގުތު މާލެ ސަރަހައްދުގައި ފުޓްބޯޅައިގެ ހަރަކާތްތައްވަނީ މެދުކެނޑިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް