މިފަހުން ރާކީ ސޯޝަލް މީޑިއާއަށް ދޫކޮށްލީ އޭނާ ގޭގެ މަސައްކަތްކުރާ ވީޑިއޯއެކެވެ. އެގޮތުން ސަލްމާން ހާނު ބުނަނީ ކޮންމެ އިންސާނަކު ވެސް އެމީހެއްގެ މަސައްކަތް ކުރަންޖެހޭނީ އަމިއްލައަށް ކަމަށާއި އެހެންވެ އޭނާ ވެސް އަމިއްލައަށް އަމިއްލަ މަސައްކަތްކުރަނީ ކަމަށް ބުންޏެވެ.
ރާކީ އާންމުކުރި ވީޑިއޯ އިން ފެންނަނީ ކާތަށިތައް ދޮންނަ މަންޒަރާއި ގޭގައި މޮޕުލާއި މަންޒަރުގެ އިތުރުން، ފާހާނާ ސާފުކުރާ މަންޒަރާއި ކޮޓަރީ ސާފުކުރާ މަންޒަރެވެ.
ރާކީ ވަނީ ބިގްބޮސް ޝޯގެ ތެރެއިން އޭނާއަށް އެ އާދަ ދަސްކޮށްދިނުމުން ސަލްމާނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
މިފަހުން ރާކީ ވަނީ އޭނާގެ މަންމަ ކެންސަރަށް ފަރުވާކުރާ ހަބަރު ހިއްސާކޮށްފަ އެވެ. އަދި ފަރުވާގެ އިންތިޒާމު ސަލްމާން އާއި ސޮހައިލް ހަމަޖައްސައިދިނުމުން ޝުކުރު އަދާކޮށްފައިވެ އެވެ.