ads
އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރީރަޖިސްޓްރޭޝަންއާ ގުޅިގެން އިދިކޮޅުގެ ކަންބޮޑުންތައް ބަންޑުންކޮށްލައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމިޓީގެ ވޯޓްލުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް ރީރަޖިސްޓްރީ ވުމުގެ މަރުހަލާ ހިނގަމުންދާ ގޮތާ ގުޅިގެން އިދިކޮޅުން ކަންބޮޑުވެއްޖެ އެވެ.

އިދިކޮޅުން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ޕީޕީއެމްއިން ކަނޑައަޅާފައިވާ ތަރުޖަމާނު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މީގެ ކުރިން އިންތިހާބުތަކުގައި ރީ ރަޖިސްޓްރޭޝަން ފޯމުގައި އިނގިލީގެ ނިޝާން ޖެހި ކަމަށާއި ނަމަވެސް މިފަހަރު އެކަން ކުރަން ނުޖެހޭ ގޮތަށް ހަދާފައި ވަނީ ވަކި ބަޔަކަށް މަންފާތަކެއް ހޯދުމުގެ ނިޔަތުގައި ކަމަށެވެ. 

ހަލީލް ވިދާޅުވި ގޮތުގައި ނާޖާއިޒް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރަނީ ވެރިކަން ކުރާ ޕާޓީއަށެވެ.

ދެން ކަންބޮޑުވުމުގެ ގޮތުގައި އިދިކޮޅުން ފާހަގަކުރީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ފަދަ ތަންތަނުގައި ވެސް ވޯޓު ފޮށި ބަހައްޓަން ނިންމުމުންނެވެ. 

ހަލީލް ވިދާޅުވީ، ގުރައިދޫގައި މިހާތަނަށް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ފޮއްޓެއް ބަހައްޓާފައި ނުވާ ކަމަށާއި އެހެންނަމަވެސް އެތަނުގައި ކުއްލިއަކަށް ވޯޓު ފޮއްޓެއް ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަކީ އަޑި ނޭނގޭ ވަރަށް ގިނަ ކަންތައްތަކެއް އޭގައި ހިމެނިގެން ހިނގަމުންދާ ކަމެއްގެ ގޮތުގައި ތުހުމަތު ކުރެއްވި އެވެ. 

އޭގެ އިތުރުން ހަލީލް ވަނީ އީސީން ވޯޓު ފޮށި ބަހައްޓަން ބޭނުންވާނަމަ ރާއްޖެއިން ބޭރުގައި ވަރަށް ގިނަ ރައްޔިތުން އުޅޭ ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުން ރަނގަޅުވާނެކަން ފާހަގަކުރައްވާފަ އެވެ. އެކަމަކު އެ މަސައްކަތް ނުކުރާ ކަމަށާއި އޭގެ ބަދަލުގައި އުޅެނީ މާނައެއް ނެތް، މީހުން މަދު ތަންތަނުގައި ވޯޓު ފޮށި ބަހައްޓަން ކަމަށް ވިދާޅުވި އެވެ.

އީސީން މަސައްކަތް ކުރަމުން އަންނަނީ އަންނަ އޭޕްރީލް މަހުގެ ދިހަ ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް