މިދެ ތަރިންގެ ބީލް ބުލަހައްޔާ 2 ކުރިއަށް އޮތްއިރު މި ފިލްމު ރިލީޒްކުރާނީ ނޮވެމްބަރު 19 ގަ އެވެ.
އެ ފިލްމުގެ ޝޫޓިންތަކުގެ ތެރެއިން މަނާލީގައި ނަގަން ހަމަޖެހިފައިވާ ޝޫޓިންގެ ބައި ނިންމުމަށް ފަހު މި ދިޔަ ހަފްތާގައި ދެ ތަރިން އެނބުރި މުމްބާއީއަށް ގޮސްފައިވާއިރު މިއަދު ފެނިގެން މިދިޔައީ މުމްބާއީގެ ޖޫހޫގެ ޑާންސް ކްލާހެއްގައި ބައިވެރިވެގެން އުޅުން މަންޒަރެވެ.
އެ ކްލާހަށް ވަނުމަށް ދެ ތަރިން އެކުގައި ގޮސް އުޅެނިކޮށް ޕަޕަރާޒީން ވަނީ އެމީހުންގެ ފޮޓޯ ނަގާފަ އެވެ. ބެލެވޭ ގޮތުގައި މިއީ އެ ފިލްމުގެ ލަވައަކަށް ތައްޔާރުވުމަށް އިތުރަށް ނަށަން ދަސްކުރަނީ އެވެ.
ކާތިކް އާއި ކިއާރާ ވެސް ވަނީ މީގެ ކުރިން އެމީހުން ފެނިގެންގޮސްފައިވާ ފިލްމުތަކުގައި ނަށާފަ އެވެ. މިހެންކަމުން، މިއީ އެއްގޮތަކަށް ވެސް ނަށަން ނޭނގޭ ދެ ތަރިންއެއް ނޫނެވެ.