އުފަން ދުވަހު ދިން އިންޓަވިއުއެއްގައި ޖާންވީ ބުނީ އޭނާގެ ކޮއްކޮއާ ދެމީހުންނަށް ދަސްވި އެއް ފިލާވަޅަކީ އަބަދުވެސް ހިތްހެޔޮވުން ކަމަށެވެ.
ޖާންވީ ބުނީ މީހުންނަށް އަބަދުވެސް ރަނގަޅަށް ހިތުމަށާއި އިހުތިރާމުކުރަން މައިންބަފައިން ދަސްކޮށްދީފައިވާ ކަމަށާއި އަބަދުވެސް އެ ފިޔަވަޅު މަތިން ހިނގާނެ ކަމަށެވެ. އެގޮތުން އޭނާގެ މައިންބަފައިން ވެސް އެހެން މީހުން އިހުތިރާމުކުރާ ކަމަށާއި އެކަން ފެންނަ ކަމަށެވެ.
ގުންޖަން ސަކްސޭނާގެ "ދަ ކާގިލް ގާލް" ގައި ވަރުގަދަ ހުށަހެޅުމެއް ދައްކާލި ޖާންވީ ކަޕޫރުގެ ކުރިއަށް އޮތް މަސައްކަތަކީ "ގުޑް ލަކް ޖެރީ" އެވެ. އޭގެ ކުރިން މިމަހުގެ 11 ގައި ސިނަމާތަކަށް އަންނަ ފިލްމު "ރޫހީ" އިން ވެސް ޖާންވީ ފެންނާނެ އެވެ.
ޖާންވީގެ އިތުރުން، އޭނާގެ ކޮއްކޮ، ހުށީ ވެސް ބޭނުންވަނީ ފިލްމީ ދާއިރާއަށް ނިކުންނާށެވެ.