ads
ދަރިވަރުންތަކެއް އިމްތިހާނު ހޯލެއްގައި--
އޯލެވެލް، އޭލެވެލް ދެން އޮންނާނީ މެއި/ޖޫންގައި
ދިރާސީ އަހަރުގެ ކިޔެވުން ފެށުން އޮގަސްޓް މަހަށް ބަދަލުކުރުމާއެކު ދެން އޯލެވެލް އަދި އޭލެވެލް އިމްތިހާނު އޮންނާނީ މެއި/ ޖޫންގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިހްސާން ވިދާޅުވީ މެއި/ ޖޫންގައި އެ ދެ އިމްތިހާނު ބޭއްވުމުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ވެސް ނިކުންނާނެ ކަމަށެވެ.

މީގެ ކުރިން، އޮކްޓޫބަރު/ ނޮވެމްބަރުގައި އޯލެވެލް އިމްތިހާނު ބޭއްވުމުން އެ ދަރިވަރުންނަށް ނަތީޖާ ލިބި ހަ މަސް ދުވަސްވަން އޭލެވެލް ނުފެށި، މަޑުކުރަން ޖެހޭތީ ކަމަށް އިހްސާން ވިދާޅުވި އެވެ. 

އިހްސާން ވިދާޅުވީ މެއި/ޖޫންގައި އޭލެވެލް އިމްތިހާނު ބޭއްވުމުން، އެ ނަތީޖާ ލިބި ދަރިވަރުން، ހަ މަސް ދުވަސް ސްކޫލަށް ނުގޮސް ހޭދަކުރަން ނުޖެހޭނެ ކަމަށެވެ. އެ ދަރިވަރުންގެ ކިޔެވުން ވެސް އޮގަސްޓް މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ. 

މީގެ ކުރިން، ރާއްޖޭގައި އޯލެވެލް އިމްތިހާބު ބާއްވަމުން އައީ އަބަދުވެސް އޮކްޓޫބަރު/ ނޮވެމްބަރުގަ އެވެ. އަދި އޭލެވެލް ބާއްވަމުން އަންނަނީ މެއި/ޖޫން ނުވަތަ އޮކްޓޫބަރު/ ނޮވެމްބަރުގަ އެވެ. 

އެހެންނަމަވެސް މިދިޔަ އަހަރު ކޮވިޑް-19 އާ ގުޅިގެން އޭލެވެލް އިމްތިހާނު ބޭއްވިފައި ނުވާއިރު މިދިޔަ އަހަރުގެ އިމްތިހާނު މިއަހަރުގެ މެއި/ޖޫންގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް