ads
ފިލްމުގެ ޕޯސްޓަރެއް---
"ޕަތީ ޕަތުނީ އޯރް ވޯ"ގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް!
ބުޝަން ކުމާރާއި ޖޫނޯ ޗޯޕްޅާ ޕްރޮޑިއުސް ކުރާ ކުރީގެ ހިންދީ ފިލްމު "ޕަތީ ޕަތުނީ އޯރް ވާ" ގެ ރިމޭކުގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ބުޝަން ކުމާރާއި ޖޫނޯ ޗޯޕްޅާ ޕްރޮޑިއުސް ކުރާ ކުރީގެ ހިންދީ ފިލްމު "ޕަތީ ޕަތުނީ އޯރް ވާ" ގެ ރިމޭކުގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ފިލްމުގެ ޓްރެއިލާ ނެރެފައިވަނީ އިއްޔެއެވެ. ދެ މިނެޓާއި 43 ސިކުންތުގެ އެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބުނުއިރު ގިނަ ބަޔަކު ވަނީ އެ ޓްރެއިލާ ވަރަށް މަޖާ ކަމަށާއި ކާސްޓުންގެ އެކްޓިން ވެސް ވަރަށް ކަމުދާ ކަމަށް ބުނެފައެވެ.



ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެފިލްމުގައި ލީޑު ރޯލުން ފެނިގެންދަނީ ކާތިކް އާރިޔަން އާއި ބޫމީ ޕަޓްނޭކަރް އަދި އަނަންޔާ ޕާންޑޭއެވެ.

މީގެ 40 އަހަރު ކުރިން ނިކުތް "ޕަތީ ޕަތުނީ އޯރް ވޯ" ގެ ލީޑު ތަރިންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ސަންޖީވް ކުމާރާއި ވިދިޔާ ސިންހާ އަދި ރަންޖީތާ ކޯރު އެވެ. އަދި ރިޝީ ކަޕޫރު ވެސް އެ ފިލްމުން ފެނިގެންދެ އެވެ.

"ޕަތީ ޕަތުނީ އޯރް ވާ" އަކީ ފިރިއަކު އޭނާގެ ސެކްރެޓަރީ އާ ކައިވެނީގެ ބޭރުން ހިންގާ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ރިމޭކްގައި ސަންޖީވްގެ ރޯލުން ފެންނާނީ ކާތިކް އެވެ. އަދި އޭނާގެ އަންހެނުން ވިދިޔާ ސިންހާގެ ރޯލް ކުޅޭނީ ބޫމީ ފެނިގެންދާއިރު ސަންޖީވާ ސިއްރު ލޯބީގެ ގުޅުމެއް ބާއްވާ ސެކެރެޓަރީގެ ރޯލުން ފެންނާނީ އަނަންޔާއެވެ. އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް