ޖާންވީ ބުނީ ފިލްމު ކުޅުމަކީ ކުރާ ހިތްވާކަމެއްކަމުން އެ މަަސައްކަތްކުރަން ނިންމީ އޭނާ އަމިއްލައަަށް ކަމަށެވެ.
ޖާންވީ ވަނީ އޭނާގެ މަންމަ ސްރީދޭވީއާ ގުޅިގެން ވެސް ވާހަކަ ދައްކާފަ އެވެ. ބޮލީވުޑުގައި އުފެދުނު އެންމެ ކުޅަދާނަ ބަތަލާއަކީ ސްރީދޭވީ އެވެ. މަންމައާ ގުޅިގެން އިވުނު ވާހަކަތައް ހިއްސާކުރަމުން ޖާންވި ބުނީ ބައެއް ދުވަސް ދުވަހު އޭނާގެ މަންމަ ދުވާލެއްގެ މަައްޗަށް ތިން ހަތަރު ޝިފްޓަށް މަސައްކަތަށް ނިކުންނަ ކަމަށެވެ.
އެހެންކަމުން، އޭނާ އަމިއްލަ ނަފްސަށް ވިސްނައިދީފައި ވަނީ މަންމައާ އެއް ލެވެލްއަކަށް މަސައްކަތް ކުރެވެމުން ނޫން ގޮތަކަށް ފިލްމީ ދާއިރާ ދޫކޮށްނުލުމަށެވެ. އަދި މަަސައްކަތްކޮށް ވަރުބަލިވެއްޖެ ކަމަށާއި ނިދަން ބޭނުންވާ ކަމަށާއި މިހާ ހިސާބުން ނިންމާލާނީ ކަމަށް ބުނަން ބޭނުން ނުވާ ކަމަށް ޖާންވީ ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;