ads
މަލޭ ސިޓީ ކައުންސިލްގެ ކަންކަން ހުރި ގޮތުގެ ތަފްސީލެއް ޝިފާ ދެއްވަނީ---
ކުރީ ސަރުކާރުގައި މާލޭ ސިޓީ ކައުންސިލް ހުރި ހާލަތު ޝިފާ ދައްކާލައިފި!
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވީއިރު، މަލޭ ސިޓީ ކައުންސިލްގެ ކަންކަން ހުރި ގޮތުގެ ތަފްސީލެއް އެ އިދާެރާގެ މޭޔަރު ޝިފާ މުހައްމަދު ދެއްވައިފި އެވެ.

ސަރުކާރު ބަދަލުވީއިރު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ވުޒާާއިން ބަލަމުންދިޔަ މާލޭ ސިޓީ ކައުންސިލްގެ ކަންކަން ހުރިގޮތުގެ ތަފްސީލް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓްވީޓާގައި ހިއްސާކޮށްފައިވާ ވޯޑިއޯގައި މޭޔަރު ޝިފާ ވަނީ ދައުލަތުގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށް ވިދާޅުވެ، އެއިދާރާގެ މުދާތަކެއް ގުދަން ކޮށްފަ ހުރި ތަން ދައްކާލާފައެވެ. 

މޭޔަރު ޝިފާ ވިދާޅުވީ، މި ސަރުކާރުން ސިޓީ ކައުންސިލާއި ހަވާލުވީންސުރެ ކައުންސިލްގެ ކަންބޮޑުވުމުގެ ވާހަކައާއި ކުރީ ސަރުކާރުގެ ކަންތައްތައް ހުރި ގޮތުގެ ވާހަކަތައް ތަކުރާރުކޮށް ދައްކަމުން ގެންދެވިންކަމަށެވެ. 

"އޭރު އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެން ބިއްލޫރި ގެއިން ދަމާ ނެރެފަ މަގުމަތިކޮށްފަ މުދާތައް ގެންގޮސް ހައުސިން މިނިސްޓްރީން ދެއްކިތަނަކަށް ވަނިކޮށް، އެ މުދާތަކަކަށް ވީ ނުވީގޮތް ނޭގިފަހުރި ވާހަކަ އެއީ ރައްޔިތުންގެ މުދާ، ދައުލަތުގެ މުދާ ، ދައުލަތުގެ އެކިއެކި އެގްރީމެންޓްތައް. މިއަދު އަޅުގަނޑުމެންނަށް މި ފާހަގަކުރެވުނީ މި ހުރިހާ އެއްޗެއް ގެނެސް ގުދަންކޮށްފަ މިހުރީ މިތާ. ހެޔޮނުވާނެ ނޫންތޯ؟ މިހުރީ ބައްލަވާ މިތަންތަން ހުރިގޮތް. ގުޅައަކަށް ޖަހާފަ ހުރިހާ ފަރުނީޗަރުތައް. ހުރިހާ އެއްޗެއް ސާވޭތަކަށް ދަންދަން އެހެރީ ގެނެސް ފޮރުވާފަ. މިއީ ފޮރުވުމެއްވެސް ނޫންދެއްތޯ. މިއީ ހަމަ ސީދާ ކަނޑައެޅިގެން ދައުލަތުގެ މުދަލަށް ގެއްލުން ދިނުން " ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ، އެއީ ހަމަ ސީދާ ދައުލުތުގެ މުދަލަށް ގެއްލުން ދިނުން ކަމަށެވެ. ޝިފާ ވަނީ މާލެ ރައްޔިތުންގެ ގޯތިތަކުގެ ޗާޓަރުތަކާއި، ބިމުގެ ޗާޓަރުތައް ނެރެ މަގަށް އުކާލި މީހާ މާލެ އަށް ކުރިމަތިލައިފި ކަމަށާއި، "ރުއްގަސް ބުޑަށް ލޮނުއަޅާ ބިއްލޫރިގެއިން ދަމާ ބޭރުކުރި ގޮތަށް އަދިވެސް މިތިބީ ބިމެއް ނުލިބި ތަނެއްގަ ކުއްޔަށް" ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެެވެ. 

ރައީސް ނަޝީދު ޑރ. މުއިއްޒުއަށް ނިސްބަތްވާ ގޮތަށް މިފަދަ ވީޑިއޯއެއް ހިއްސާކުރައްވާފައިވާއިރު، އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ޑރ. މުއިއްޒު ވަނީ ކުރިމަތި ލައްވާފައެވެ. އަދި އެމްޑީޕީގެ ޓިކެޓްގައި އަނަސް އަބްދުއް ސައްތާރު ކުރިމަތިލައްވާފައިވާއިރު، ދެ ޕާޓީންވެސް ދަނީ އިންތިހާބަށް ވާދެވެރި ކަމާއިއެކު ކެމްޕެއިން ކުރައްވަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް