ads
އިންޑިއާގެ ފޮރިން މިނިސްޓްރު ޑރ. އެސް. ޖައިޝަންކަރް ފުރާވަޑައިގަންނަވަނީ
އިންޑިއާ ވިސާ އެޕޮއިންޓްމަންޓް އޮންލައިންކޮށްފި
ވިސާއަށް ފޯމު ހުށައެޅުމުގައި ދިމާވާ ދަތިތައް ލުއިކޮށްދިނުމުގެ ގޮތުން، ވިސާ އެޕްލިކޭޝަން އެޕޮއިންޓްމަންޓް ހެއްދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، އޮންލައިންކޮށް އެޕޮއިންޓްމެންޓް ހެއްދޭގޮތް ހަދައިފި އެެވެ.

އެގޮތުން މިއަދުން ފެށިގެން، ވިސާ އެޕްލިކޭޝަން ކާމިޔާބުކަމާއިއެކު އޮންލައިންކޮށް ފުރިހަމަ ކުރެއްވުމަށްފަހު އެއިދާރާގެ ވިސާ އެޕޮއިންޓްމެންޓް ވެބްސައިޓަށް ގޮސް އެންމެ އަވަހަށް ލިބެންއޮތް އެޕޮއިންޓްމެންޓް ހިޔާރުކުރައްވާ، އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ

އެބަދަލާއިއެކު އެޕޮއިންޓްމެންޓް ހެއްދުމަށް އެ ކޮމިޝަނުގެ ހޮޓްލައިން ނަމްބަރު ބޭނުން ނުކުރެވޭނެކަމަށާއި ހައި ކޮމިޝަނުން ފިޒިކަލް އެއްވެސް ޓޯކެންއެއް ދޫނުކުރާނެ ކަމަށް  ހައިކޮމިޝަނުން މައުލޫމާތުދެއެވެ.

އެ ކޮމިޝަނުން ބުނީ އެ ބަދަަލަކީ ވިސާ އެޕްލިކޭޝަން މަރުހަލާ ޑިޖިޓަލްކޮށް، ސްޓްރީމްލައިންކުރުމަށް ހައި ކޮމިޝަންގެ ފަރާތުން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލެއް ކަމަށެވެ. 

ވިސާ އަށް ފޯމް ހުށައަޅާ ފަރާތްތަކަށް ޓޯކެން ލިބުމުގައި ދަތިވެ ގިނަ ބަޔަކު ހައި ކޮމިޝަން ދޮށުގައި ނިދި ނަގާލާއި ކިއުގައި ތިބޭ މައްސަލަ ފެންމަތިވެ އެމައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާ ފޮރިން މިނިސްޓްރީން ވަނީ މަޝްވަރާކޮށްފައެވެ. 

އޭގެފަހުން އިންޑިއާއަށް ދިޔުމަށް ވިސާ ލިބުމުގައި ދިމާވެފައިވާ ދަތިތަށް ހައްލުކުރުމަށް ވިސާގެ ކަންކަން ހަމަޖެއްސުމަށް ހޮޓްލައިނެއް އިންޑިއަން ހައި ކޮމިޝަނުން ގާއިމްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް މިއަދު މި ގެނެވުނު ބަދަލާއިއެކު އެޕޮއިންޓްމެންޓް ހެއްދުމަށް އެ ކޮމިޝަނުގެ ހޮޓްލައިން ނަމްބަރު ބޭނުން ނުކުރެވޭނެއެވެ. އަދި ފިޒިކަލް އެއްވެސް ޓޯކެންއެއްވެސް ދޫނުކުރާނެއެވެ. އެހެންކަމުން ދިގު ކިޔޫގައި ވިސާ އަށް ފޯމް ހުށައަޅާ ފަރާތްތަކުން ތިބެން ނުޖެހި ފަސޭހަ ކަމާއިއެކު އޮންލައިންކޮށް އެޕޮއިންޓްމެންޓް ހެއްދޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް