ads
ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ
ހަލާލު ޓޫރިޒަމަށް ތަރުހީބު ބޮޑު: މިނިސްޓްރީ
ހަލާލް ޓޫރިޒަމަށް ހުޅުވާލި ރަށްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއއވެ.
Advertisement

ރާއްޖޭގައި ހަލާލް ޓޫރިޒަމް ތައާރަފްކުރުމަށް ނިންމައި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހަލާލް ޓޫރިޒަމް ތަރައްގީކުރުމަށް ސަރުކާރުން ކޮންމެ ސަރަހައްދަކުން އެއް ރަށް އިންވެސްޓްމަންޓަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ހަލާލް ޓޫރިޒަމަށް ރަށްތައް ދޫކުރަނީ ގިނަ ލުއިތަކާއެކުއެވެ. އެގޮތުން ހުޅުވާލާފައިވާ ރަށްތަކަށް އިކުއިޒިޝަން ފީ އާއި ކޮސްޓް ފަސް ނުވަތަ ހަ އަހަރަށް ބަހާލައިގެން ދެއްކޭނެއެވެ. އަދި ހަލާލް ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކުގެ ޑިއުޓީވެސް 20 ޕަސަންޓާ ހަމައަށް މައާފްކުރެވޭނެއެވެ. ނަމަވެސް މިހާރު ހުރި ރިސޯޓްތަކުގެ ޑިއުޓީ މައާފްކުރެވެނީ ފަސް ޕަސަންޓާ ހަމައަށެވެ.

ހަލާލް ޓޫރިޒަމަކީ މުސްލިމުންނަށް ހާއްސަކޮށް އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެން ޓޫރިސްޓުންނަށް ހިދުމަތްދިނުމެވެ. މި ރަށްތައް ތަރައްގީވެގެން އަންނައިރު މިތަންތަނުގައި ޓޫރިސްޓުންނަށް ނަމާދުކުރެވޭނެ މިސްކިތްތައް ހުންނާނެއެވެ. މީގެ އިތުރުން މި ރަށްތަކަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުން މަނާވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް