ads
ކޮވިޝީލްޑް ވެކްސިން ---
ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް ކޮވެކްސްއިން ހަދިޔާކޮށްފި
ކޮވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) އިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް ހަދިޔާކޮށްފި އެވެ.

ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް މިއަދު ރާއްޖެ ގެނެސްފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޔުނިސެފްއާއި، ކޯލިޝަން ފޯ އެޕެޑެމިކް ޕްރިފެއާޑްނެސް އިނޮވޭޝަން(ސީއީޕީއައި) އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ) އަށް ވެކްސިން ޖެހުމަށް ބޭނުންވާ ތަކެތި ހަދިޔާ ކުރައްވަމުން ގެންދަވާތީ ޝުކުރު އަދާކުރައްވާފައެވެ.  

މި އިނީޝިއެޓިވް އިން ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް މިއަދު ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު، މީގެ ކުރިން ވެސް ވެކްސިން ޖަހަން ބޭނުންކުރާ 100,000 ސިރިންޖު އަދި އެހެނިހެން އާލަތްތައް ވަނީ ހަދިޔާކޮށްފައެވެ.

ކޮވެކްސްއަކީ، ފަގީރު އަދި މުއްސަނދި ގައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ އެޕްރީލް މަހު އުފެއްދި އިނީޝިއެޓިވްއެކެވެ. މި އިނީޝިއެޓިވް އުފައްދާފައިވަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ސީއީޕީއައި އާއި، ގްލޯބަލް އެލާޔަންސް ފޯ ވެކްސިން އެންޑް އިމިއުނައިޒޭޝަން (ގަވީ)، އަދި ޔުނިސިފް އިން ގުޅިގެންނެވެ.

ކޯވިޑް-19 ވެކްސިން ދިނުމުގައި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ނިސްބަތުން ބޮޑުކުރިއެރުމެއް ރާއްޖެއިން އަންނަނީ  ހޯދަމުންނެވެ. އެގޮތުން މިހާތަނަށް ޖުމްލަ 145,768 އަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވާއިރު، ސަރުކާރުގެ އަމާޒަކީ،  ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އެހެނިހެން ޤައުމުތަކުގެ މީހުން ހިމެނޭގޮތަށް އެއްވެސް ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމާއެކު ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް