ads
ހެރީ އާއި މޭގަން:-
ޝާހީ ގަނޑުވަރުން ނުކުތް ސަބަބު ހެރީ އާއި މޭގަން ހާމަކޮށްފި!
އިނގިރޭސީ ޝާހީ ގަނޑުވަރުން ނުކުތީ ރޭސިސްޓު ނުވަތަ ނަސްލީ ތަފާތުކުރުން ތަކުގެ ސަބަބުންކަމަށް އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގަން ހާމަކުރައްވައިފިއެވެ.
Advertisement

މޭގަން އާއި ހެރީގެ ހާއްސަ އިންޓަވިއު އެއް ރޭ އެމެރިކާގައި ވަނީ އަޅުވާފައެވެ. މިއީ އެމީހުން ޝާހީ ގަނޑުވަރުން ނުކުމެގެން ދިޔަ ފަހުން ދިން ފުރަތަމަ އިންޓަވިއުއެވެ. 

މި އިންޓަވިއުގައި މޭގަން ބުނެފައިވަނީ، އެނާ ބަނޑުބޮޑު ދުވަސްވަރު ވެސް ބަނޑުގައި އޮތް ދަރިފުޅަށް ވަލީ އަހުދު ކަން ދޭން ބޭނުންނުވާކަމަށް ޝާހީ އާއިލާއިން ބުނެފައިވާކަމަށެވެ. 

އޭރު ބަނޑުގައި އޮތީ އަންހެން ދަރިފުޅެއްކަމެއް ނުވަތަ ފިރިހެން ދަރިފުޅެއްކަމެއް ވެސް ނޭގެ ކަމަށް ވެސް އޭނާ ބުންޏެވެ.

ސަބަބަކީ މޭގަން އަކީ ޝާހީ ލޭ އޭނާގެ ގައިގައި ނުހިނގާ މީހަކާށް ވާތީކަމަށް ވެސް ބުނެފައިވެއެވެ. 

"މިފަދަ ކަންކަކަމުގެ ސަބަބުން އަމިއްލަ މަރުވުމުގެ ވިސްނުން ވެސް އައި،" - މޭގަން

މީގެ އިތުރުންވެސް  ޝާހީ އާއިލާއިން މޭގަން އާއި ހެރީ އަށް ބިރު ދައްކާފައިވާކަމަށް އެ މީހުން ތުހުމަތު ކުރެއެވެ. އެގޮތުން ސެކިއުރިޓީ ނުދޭނަކަމަށް ވެސް ބުނެފައިވާކަމަށް އެ މީހުން ތުހުމަތު ކުރެއެވެ. 

your imageހޭރީ އާއި މޭގަން

ދެ ކަނބަލުންނަނަށް އެއް އަހަރުގެ ކުޑަ ކުއްޖެއް މިހާރު ހުރެއެވެ. ނަމަކީ އާޗީ ހެރިސަން އެވެ. 

މީގެ އިތުރުން ވެސް ހެރީ ކިޔައިދިން ގޮތުގައި އެނާގެ އާއިލާގެ ފަރާތުން ވަނީ މޭގަން އަށް ނިސްބަތްކޮށް މަލާމަތް ކޮށް ހަދާފައެވެ. އަދި މޭގަން އަށް ހަރަދުކުރާނެ ފައިސާ ނެތްކަމަށް ޝާހީ އާއިލާއިން ބުނެފައިވާކަން ވެސް ހާމަކުރިއެވެ. 

"މޭގަން އާއި ކައިވެނި ކުރިއިރު ވެސް އެނގޭ މިކަން ވަރަށް ހޫނުވާނެކަން ވެސް،" - ހެރީ-

މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އެމީހުން ޝާހީ އާއިލާ ދޫކޮށްލާފައިވަނީ ޝާހީ އާއިލާގެ ހުރިހާ ލަގަބަކާއި ވެސް އެކުއެވެ. އަދި އެމީހުން ބުނެފައިވަނީ ޝާހީ އާއިލާގެ އެއްވެސް ފައިސާ އެއްވެސް އެހީތެރިކަމެއް ވެސް ބޭނުން ނުވާކަމަށެވެ. އެމީހުން މިހާރު ދިރިއުޅެނީ ކެނަޑާގައެވެ. 

ހެރީ އާއި މޭގަން އޯޕްރާ ވިންފްރީއަށް ދެއްވި އެ އިންޓަވިއުގައި ހެރީގެ ދެކަނބަލުންނާއި ޝާހީ އާއިލާއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ މިންވަރު ވަނީ ހާމަވެފައެވެ. 

މި އިންޓަވިއުގެ ޓްރެެއިލަ ދައްކަން ފެށުމާއެކު، ޝާހީ އާއިލާއިން ވަނީ މޭގަން ޝާހީ ގަނޑުވަރުގެ ނޯކަރުން ބުލީ ކުރި ކަމަށް ބުނެ މައްސަލައެއްވެސް ބަލަން ފަށާފައެވެ.  

56%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް