ads
އިނގިރޭސި ވިލާތުގެ ރަނީ ކުއީން އެލިޒަބަތު
ހެރީ އާއި މޭގަން ގެ އިންޓަވިއުގެ ކުރިން ރާނީގެ ކުއްލި އެދިވަޑައިގަތުމެއް!
ހެރީ އާއި މޭގަން ގެ އިންޓަވިއުގެ ކުރިން އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތު ކުއްލި އެދިވަޑައިގަތުމެއް ކޮމަންވެލްތުގައި އެދިވަޑައިގެންފިއެވެ.
Advertisement

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްއަށް ޝާހީ އާއިލާގެ ތެރެއިން ދިމާވި ކަންކަން ކިޔައިދޭ އިންޓަވިއު މިއަދުގެ ވަގުތެއްގައި އެމެރިކާގައި ރިލީޒްކުރަން ވަނީ ހަމަޖެެހިފައެވެ.

އޯޕްރާ ވިންފްރީއަށް ދެއްވި އެ އިންޓަވިއުގައި ހެރީގެ ދެކަނބަލުންނާއި ޝާހީ އާއިލާއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ މިންވަރު ހާމަވާނެ ކަމަށް ބެލެވެ އެވެ. 

"މި ދަތި ދަނޑިވަޅުގައި ގައުމުތަކުން އެއްބައިވާން އެދެން،" ރަނީ ވިދާޅު ވިއެވެ.

މި އިންޓަވިއު މިރޭ އާންމު ކުރުމަށް ނިންމާފައިވާއިރު، ރާނީ ކޮމަންވެލްތުގެ ގައުމުތަކަށް ވަނީ އެއްބައިވަންތަކަން އިސްކުރުމަށް އެދިވަޑައިގެންފައެވެ. 

އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ ގެ އަނބި ކަނބަލުން އިނގިރޭސި ޝާހީ އާއިލާގެ ޑަޗަސް އޮފް ސަސެކްސް މޭގަން މާކަލް ޝާހީ ގަނޑުވަރުގެ ނޯކަރުން ބުލީ ކުރިކަމަށް ކޮށްފައިވާ ތުހުމަތުތައް ތަހުގީގު ކުރަން ފަށާފައިވާކަމަށް އިނގިރޭސި ޝާހީ ގަނޑު ބަކިމްހަމް ޕެލެސްއިން ވަނީ ބުނެފައެވެ. 

މި ތުހުމަތު ތަކަކީ މޭގަންގެ މައްޗަށް 2018 ވަނަ އަހަރު އުފުލާފައިވާ ތުހުމަތުތަކެވެ. އަދި މި ތުހުމަތުތަކަކީ އިނގިރޭސި ވިލާތުގެ މީޑިއާގައި ވެސް އެ ދުވަސްވަރު ފެންމަތި ކުރި ތުހުމަތުތަކެކެވެ. 

ނަމަވެސް ޝާހީ އާއިލާގެ ތެރޭގައި އުފެދުނު ކޯޅުންތަކެއްގެ ސަަބަބުން މޭގަން އާއި ހެރީ ވަނީ ޝާހީ އާއިލާ ދޫކުރައްވާ ކެނެޑާއަށް ވަޑައިގެންފައެވެ. 

ދެމަފިރިން ވަނީ ޝާހީ އާއިލާގެ ލަގަބުތައް ވެސް ބޭނުން ނުވާކަމަށް ބުނެ އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. 

މޭގަން އާއި ހެރީ ވަނީ ޝާހީ އާއިލާއާމެދު ކަންބޮޑުވުން ފާޅުކޮށްފަައި: 

މޭގަން އާއި ފިރިކަލުން ޕްރިންސް ހެރީ ދާދި ފަހުން ވަނީ އޯޕްރާއަށް އިންޓަވިއުއެއް ދެއްވާފަ އެވެ. އެ އިންޓަވިއުގެ އިޝްތިހާރު މިހާރު ދަނީ ސީބީއެސްއިން ދައްކަމުންނެވެ.

ސީބީއެސްއިން އާއްމުކުރި ޓީޒާ ޓްރެއިލާގައި ޝާހީ އާއިލާއާ ގުޅޭ ވާހަކަތަކެއް މޭގަން ދައްކަވާ މަންޒަރު ފެނެ އެވެ.

ޝާހީ އާއިލާގެ ފަރާތުން މި ތުހުމަތުތައް ތަހުގީގު ކުރާނެކަމަށް ބުނެފައިވަނީ މި އިންޓަވިއުއަށް ފަހުއެވެ. 

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް