ads
ހެރީ އަދި މެގަން
ހެރީ އާއި މެގަން އަށް މިފަހަރު ލިބިވަޑައިގަންނަވާނީ އަންހެން ބޭފުޅެއް
ދެވަނަ ދަރިފުޅުގެ އިންތިޒާރުގައި ތިބި ޕްރިންސް ހެރީ އާއި މެގަން މާކަލްއަށް ލިބިވަޑައިގަންނަވަނީ އަންހެން ބޭފުޅެއްކަން އެ ދެމަފިރިކަނބަލުން ހާމަކުރައްވައިފި އެވެ.

މިކަން ހާމަކުރެއްވީ ރޭ އެ މީހުން އޯޕްރާ ވިންފްރީއަށް ދެއްވި އިންޓަވިއުގަ އެވެ.

އެ އިންޓަވިއުގައި ހެރީއާ މޭގަން ވަނީ އެމީހުން ޝާހީ އާއިލާ ދޫކޮށް، ނިކުމެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ސަބަބު ވެސް ހާމަކުރައްވާފަ އެވެ.

އިނގިރޭސީ ޝާހީ ގަނޑުވަރުން ނުކުމެވަޑައިގަތީ ރޭސިސްޓު ނުވަތަ ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުންކަމަށް އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން ވަނީ ހާމަ ކުރައްވާފައެވެ. 

މިހާރު ހުންނަވަނީ ފިރިހެން ބޭފުޅެކެވެ. 

މީގެ އިތުރުން މޭގަން، އޭނާގެ ފުރަތަމަ ދަރިފުޅު އާޗީ ހެރިސަން އަށް އާލާސްވެ އިންނެވިއިރު، ޝާހީ އާއިލާއިން އޭނާއާ މެދުގައި ވަރަށް އިހާނެތިކޮށް ހިތްތަވާފައިވާ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ. 

ހެރީ އާއި މޭގަން އަށް ދެވަނަ ދަރިއަކު ލިބިވަޑައިގަންނަވަން އުޅޭކަން އެމީހުން ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ގައި އިއުލާންކުރައްވާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް