ads
ޢާއިލީ ގުޅުން ބަދަހިކުރުން
ގޭގައި ތިބެ ލިބޭ ހުސް ވަގުތުގައި ކުރެވިދާނެ ބައެއް ކަންތައްތައް
ކޮވިޑް-19 ގެ ބަލި މަޑުކަން މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ އިރު މި ކުޑަ ދިވެހިރާއްޖެ ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. 6 މަހަށް ވުރެށް ގިނަދުވަސް ގޭގައި ތިބުމަށް ފަހު، މަސައްކަތުގެ މައިދާނުގައި ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާވެސް ގޭގައި ތިބެން މިވަނީ މަޖުބޫރުވެފައެވެ. ސަރުކަރުގެ ވުޒާރާތަކައި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ގޭގައި ތިބެ މަސައްކަތް ކުރާ ހާލަތަށް ވަނީ ބަދަލުވެފައެވެ. މިފަދަ ހާލަތެއްގައި ގޭގައި ތިބެގެން ކުރެވޭނެ ވަރަށްވެސް ގިނަ ކަންކަން އެބަހުއްޓެވެ. މިގޮތަން ތިރީގައި އެ ވަނީ ގޭގައި ތިބެގެން ކުރެވިދާނެ ބޭނުންތެރި ބައެއް މަސައްކަތެވެ.
  • އާއިލީ ގުޅުން ބަދަހިކުރުން: ގިނަ ވަގުތު މަސައްކަތުގެ މައިދާނުގައި އުޅެން ޖެހުމުގެ ސަބަބުން ގިނަ ފަހަރު އާއިލީ ބޮޑެތި ކަންކަމަށް އޮންނަނީ ވަގުތު ނުދެވިފައެވެ. އެހެންކަމުން މިދުވަސްކޮޅު އާއިލާއާއި އެކު ގިނަ ވަގުތު ހޭދަކުރަން މަސައްކަތް ކުރާށެވެ. މިއީ އާއިލީ ގުޅުން ބަދަހިކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ.
  • ފިލްމު ބެލުން: ގިނަ ފަހަރު އާ ފިލްމެއް ނުވަތަ ބަލަން ބޭނުންވާ ފިލުމެއް ހުއްޓަސް ވަގުތު ނުވެގެން ނޫނީ މަސައްކަތުގައި ބުރަކޮށް އުޅުމަށް ފަހު ފިލުމެއް ބަލާލާނެ ހިތްވަރެއްވެސް ނުހުރެއެވެ. މިދުވަސްކޮޅު މިއީވެސް ގޭގައި ހުރެގެން ކޮއްލެވޭނެ ކަމެކެވެ. ލޯބިވާ ފަރާތައި އެކު ވަގުތު ހޭދަކޮއްލަން މިއީ ކުރެވޭނެ ވަރަށްވެސް ރަނގަޅު ކަމެކެވެ.
  • ޝުކުރުވެރިވާ ކަންކަމުގެ ލިސްޓެއް ހެދުން: އިންސާނުންގެ އެންމެ ނުރަނގަޅު އެއް ސިފައަކީ ޝުކުރުވެރި ނުވުމެވެ. ދުނިޔެއަށް ދިމާވެފައިވާ ކޮވިޑްގެ މި ބަލިމަޑުކަމުގެ ސަބަބުން އިންސާނުންގެ މި ނުރަނގަޅު ސިފައަށް ބަދަލެއްގެންނަން މިއީ އެންމެ ރަނގަޅު ދަނޑިވަޅެވެ. މިދުވަސްކުޅު އަމިއްލައަށް ޝުކުރުވެރިވާ ކަންކަމުގެ ލިސްޓެއް ހެދުމަކީ ވަރަށްވެސް ރަނގަޅުކަމެކެވެ. އަދި ބަހާއި އަމަލުންވެސް އެކަން ދެއްކުމަށް މިއީ އެންމެ ރަނގަޅު ވަގުތެވެ.
  • މާލީ ހާލަތު ރަނގަޅު ކުރަން ޕްލޭނެއް ހެދުން: މަހުގެ މެދަކާއި ހަމައަށް ނުދަނީސް މުސާރަ ހުސްވާ ވާހަކައަކީ ދިވެހީންނަށް އާ ވާހަކައަކަށް ނުވާނެއެވެ. މިކަން ހައްލުކުރުމަށް މިއީ ރަނގަޅު ފުރުސަތެކެވެ. ބޭކާރު ކޮފީތަކަށާއި ކެއުންތަކަށް ފައިސާ ހަރަދުކުރުމުގެ ބަދަލުގައި ފަހަށް ރައްކާކުރުމުގެ އާދަ އަށަގަންނަން މިއީ ރަނގަޅު ވަގުތެކެވެ. އެހެން ކަންތައްވެގެންދާނީ މާލީ ރަނގަޅު ޕްލޭނެއް ހެދިގެންނެވެ.
  • ފަރުނީޗަރުގެ ތަރުތީބަށް ބަދަލު ގެނެއުން: އަބަދު އެއްގޮތަށް ގޭގެ ތަރުތީބު ބެހެއްޓުމުގެ ބަދަލުގައި ގޭގައި ތިބެގެން މިފަހަރު ގޭގެ ހުރި ފަރުނީޗަރުގެ ތަރުތީބަށް ބަދަލު ގެނެސް ދިރިއުޅޭ މާހައުލަށް ބަދަލު ގެނެވޭނެ މިއީ ރަނގަޅު ދަނޑިވަޅެކެވެ. ގޭގައި ޖާގައިގެ ތަނަވަސްކަން މިކަމުގެ ސަބަބުން އިހުސާސް ވެގެން ދާނެއެވެ.
  • ތަފާތު އެކި ކާއެއްޗެހި ހެދުން: ބަދިގޭގެ މަސައްކަތްތައް ކުރަން އެނގޭކަން މިވަގުތު ސާބިތުކޮށްދެވެނެއެވެ. ބަދިގޭގައި އަންހެނުންނަށް އެހީތެރިވުމުގެ ސަބަބުން ލޯބި އިތުރުވާކަން އެއީ އެންމެނަށް ވެސް އިނގޭ ކަމެކެވެ. މިވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުން މުހިއްމެވެ.
  • ކަސްރަތު ކުރުން: ގޭގައި މީހާ އޮތުމަކީ ލޮޑުވުމަށް މަގުފަހި ކުރުވާކަމެކެވެ. ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހިފައިވާ ދުވަސްވަރު ކަސްރަތު ކުރުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. އިންޓަނެޓް މެދުވެރިކޮށް ގޭގައި ކުރެވޭނެ ކުދި ކަސްރަތު ވީޑިއޯ ބަލައިގެން އެގޮތަށް އަމަލު ކުރުމުން މީހާ ލޮޑުވުމާއި ދުރުކޮށްދެއެވެ.  
  • އަމިއްލަ މީހާއަށް ވަގުތު ހުސްކުރުން: މަސައްކަތުގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން އަމިއްލަ ނަފުސަށް ވަގުތު އޮންނަނީ ނުދެވިފައެވެ. ގޭގައި މަސައްކަތް ކުރަން ޖެހިފައިވާ މިދުވަސްކޮޅު އަމިއްލަ މީހާގެ ހިތްހަމަޖެހުމަށާއި ހަމަޖެހުމަށް މިހާރު ވަގުތު ހޯދުމުގެ ފުރުސަތު މިއޮތީ ލިބިފައެވެ. މީގެ ސަބަބުން މީހާ ހާސްކަމުން ދުރުކޮށް، ސިކުނޑި ތާޒާވުމަށް އެހީތެރިވެދެއެވެ.
67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް