ads
ފޮޓޯ: މޯލްޑިވްސް ގޭސް
ހިޔާނާތުގެ ތުހުމަތު ކުރަނީ ފޯޖް ކޮށްގެން: އިކްރާމް
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ އޮކްސިޖަން ސިލިންޑަރުތައް ގެނެއުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައަކީ، ފޯޖް ކޮށްގެން އަގު ވައްޓާލުމަށް ހިންގާފައިވާ ކަމެއްކަމަށް މޯލްޑިވްސް ގޭސްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވެއްޖެއެވެ.

މިމައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސް (އެސްއޯއީ) ކޮމިޓީން ކުރިއަށްގެންދާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކްރާމް ވަނީ، ގޭސް ސިލިންޑަރުތައް ގެނައުމުގެ މަސައްކަތުގައި އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުކުރާ އޮޑިޓް ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވާފަ އެވެ.

އިހްރާމް ވަނީ ޕްރޮކިއުމަންޓްގައި މަސައްކަތްކުރާ މީހަކަށް ބިރު ދެއްކި ކަމަށާއި ބަޔާން ބަދަލުކުރަން އުޅުންކަމުގެ ތުހުމަތު ވެސް ކުރައްވާފަ އެވެ.

އެގޮތުން ސިލިންޑަރުތައް ގެނައުމުގެ ޕްރޮކިއުމެންޓް އެއްވެސް މަރުހަލާއެއްގައި އޭނާ ބައިވެރިވުން ނޯންނާނެ ކަމަށާއި، އެގޮތުން ސިލިންޑަރުތައް ރާއްޖެ ގެނައުމުގެ ބިޑް ލިބުނު ކުންފުންޏަކީ އޭނާގެ ގާތް ރަހުމަތްތެރިއެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކަމަށް ވިޔަސް އެކަންވެސް ގޮސްފައިވަނީ ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.

އިކްރާމް ވިދާޅުވީ، ޕްރޮކިއުމެންޓް ޕްރޮސެސްގެ ތެރެއަށް ކަމެއްގެ ތެރެއަށް އޭނާ އެއްވެސް ނުފޫޒެއްވެސް ފޯރުވާފައި ނުވާނެ ކަމަށާއި، އަދި އޭނާ ސޮއެކޮށްފައިވާ ހުރިހާ "ޕީއޯ" ތަކަކީވެސް ސައްހަ ރަނގަޅު ޕީއޯ ތަކެއް ކަމަށެވެ. 

ކޮމެޓީގައި ވާހަކަ ދައްކަވަމުން އިކްރާމް ވިދާޅުވީ، އެމައްސަލައާއި ގުޅިގެން މިހާރު ހަދާފައިވާ އޮޑިޓްގައި ނުރަނގަޅު މައުލޫމާތު ހުރިކަމަށް ބެލެވޭ ކަމަށާއި، އެގޮތުން އޮޑިޓްގައި ފައިނޭންސް މެނޭޖަރު ރަމީޒްގެ ސޮއެ ނެތި ހަމައެކަނި އޭނާގެ ސޮއެ ހިމެނޭ ޑޮކިއުމެންޓްތައް ހުރުމުން އެއީ ސީދާ ފޯޖް ކޮށްގެން ކޮށްފައިވާ ކަމެއްކަމަށް ތުހުމަތު ކުރުމުގެ ޖާގަ އޮތްކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް