ads
އާޔޫޝް އަދި އަރްޕިތާ
ސަލްމާންގެ ކޮއްކޮއާއި އޭނާގެ ފިރިމީހާ ވެސް ރާއްޖޭގައި
ސަލްމާން ހާންގެ ކޮއްކޮ އަރްޕިތާ ހާން އާއި އޭނާގެ ފިރިމީހާ އާޔުޝް ޝަރުމާ ޗުއްޓީއަށް ރާއްޖެއައިސް އެބައުޅެ އެވެ.

އެމީހުން ރާއްޖެއަށް އައިސްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. އެމީހުން ރާއްޖެ އައިސްފައި ވަނީ ދެ ކުދިން ވެސް ގޮވައިގެ ނެވެ.

your imageއަރްޕިތާ އަދި އާޔުޝްގެ އާއިލާ

އާޔޫޝްވަނީ އޭނާގެ ދެކުދިން ގޮވައިގެން ރާއްޖެއަށް ޗުއްތީ ހޭދަކުރުމަށް އައިސްފައިވާ ކަމަށް ބުނެ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

your imageއާޔުޝް ޝަރުމާ

އަރްޕިތާއާއި އާއި އާޔޫޝް ކައިވެނިކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގަ އެވެ. އެމީހުންގެ ކައިވެންޏަށް ހަތް އަހަރުވެފައި ވާއިރުގައި އެމީހުންނަށް ވަނީ ދެކުދިންވެސް ލިބިފަ އެވެ. އެއީ ހަތަރު އަހަރު އާހިލް ޝަރުމާ އަދި އަށް މަހުގެ އާޔަތް ޝަރުމާ އެވެ.

60%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް