ads
ފުވައްމުލަކު ސިޓީ
އެއްމަސް ދުވަހަށް ފަހު ފުވައްމުލަކު އާންމު ހާލަތަށް ގެނެސްފި
ފުވައްމުލަކު ސިޓީ މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ފުވައްމުލަކުގެ ޑެޕިއުޓީ މެޔަރު މުހައްމަދު ޒިރާރު ވިދާޅުވީ ފުވައްމުލަކު ސިޓީ މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ މިއަދު 15:00 ހާއިރު ކަމަށެވެ. އެއީ އިއްޔެ ނެގުނު ރޭމްޑަމް ސާމްޕަލްތައް ނެގެޓިވްވުމާ ގުޅިގެން ކަމަށް ވެސް ޒަރީރު ހާމަކުރެއްވި އެވެ.

އަދިވެސް ރަށުގައި 10 އެކްޓިވް ކޭސް އުޅޭކަން ފާހަގަކުރަމުން ޒަރީރު ވިދާޅުވީ އިއްޔެ އެރަށުން ވަނީ ކަރަންޓީން ރިލީޒް ސާމްޕަލުން އިތުރު ތިން ބިދޭސީއކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ކަމަށެވެ.

އަދި ފުވައްމުލަކުން ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 44 ކަމަށާއި ޖުމްލަކޮށް އެރަށުން 7،013 ސާމްޕަލެއް އިއްޔެއާ ހަމައަށް ނަގާފައިވާނޭ ކަމަށް ޒަރީރު ވިދާޅުވި އެވެ.

ފުވައްމުލަކު ސިޓީގައި ކޮވިޑު ފެތުރިފައިވަނީ ދުބާއީ އިން އައިސް ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހަކާ ގުޅިގެންނެވެ. 

ފުވައްމުލަކުން ކޮވިޑް-19 ފެނުމާއެކު އެރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ ފެބްރުވަރީ މަހުގެ ނުވަ ވަނަ ދުވަހުގަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް