ads
ޗެސް
އިންޑިއަން އޯޟަން ޗެސް ބްލިޓްޒް ޓޯނަމެންޓް އިން ރާއްޖެއަށް ރަން މެޑައްޔެއް!
ވޯލްޑް ވެބް ޗެސް އިން އިންތިޒާމްކުރި ފުރަތަމަ އިންޑިއަން އޯޝަން ޗެސް ބްލިޓްޒް ޓޯނަމެންޓް އިން ރާއްޖެއިން ރަން މެޑަލް މުހައްމަދު ޝުއާއު ހޯދައިދީފިއެވެ. އަދި ނޫރު ފާރޫގް ވަނީ ލޯ މެޑަލް ހޯދައިދީފިއެވެ.

މިމަހު 7 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިމުބާރަތުގައި މުޅިއަަކު 60 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އަދި ރާއްޖޭގެ ގައުމީ ޓީމްގެ 10 ކުޅުންތެރިއަކުވަނީ ބައިވެރިވެފައެވެ.

މިމުބާރާތަކީ ބްލިޓްޒް މުބާރާތެއްކަމުން މިމުބާރާތްގެ ކޮންމެ މެޗެއްގެ ދިގުމިނަކީ 3 މިނެޓެވެ.

މި މުބާރާތުގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ، އިންޑިއާ، ސިންގަޕޫރު، ސައުތް އެފްރިކާ، މަޑަގަސްކާ، ސީޝެލްސް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނެއެވެ.

ދުނިޔޭގެ ކުޅިވަރުތައް ކޮވިޑް-19 އާއި އެއްކޮށް ހުއްޓިފައިވާއިރު މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލައި ޗެސް ނަމަކަށް ކިޔާ އޮންލައިން ޕްލެޓްފޯމްއެއްގެ ޒަރިއްޔާއިންނެވެ. 

ދިވެހި ގަައުމީ ޓީމްގެ މުހައްމަދު ޝުއާއު މިމުބާރާތުގެ 1 ވަނަ ހޯދި އިރު ނޫރު ފާރޫގް ވަނީ 3 ވަނަ ހޯދާފައެވެ.

މިއީ މިސަރަހައްދީ މުބާރާތެއްގައި ޗެސް އިން ރަންމެޑަލް ހޯދާފައިވާ ދެވަނަ ފަހަރުކަމުގައި ފާހަގަ ކުރެވެއެވެ. 2020 ވަނަ އަހަރު ނޮވެމްބަރ މަހުގައި އޭޝިއަން ޗެސް ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވުނު ސަރަހައްދީ މުބާރާތެއްކަމުގައިވާ ސައުތް އޭޝިއަން ޗެސް ފެސްޓިވަލް ފޯ ކެޑޭޓްސް ޔޫތް އެންޑް ޑިސޭބަލްޑް ޖޫނިއާރސް 2020 މުބާރަތުންވެސް ދިވެހިރާއްޖޭގެ ކުޅުންތެރިތަކެއް ވަނީ ފަހުރުވެރި ވަނަތަކެއް ހޯދައިފައެވެ.

އޮންލައިން ޕްލެޓްފޯމްތަކާއިއެކު މި ދަނޑިވަޅުގައި ޗެސްގެ ގިނަ މުބާރާތްތަކެއް އޮންލައިންކޮށްދަނީ  ކުރިއަށް ގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް