ads
މީރާ--
ޓެކްސް ދައްކާ ފަރާތްތައް ރަޖިސްޓަރީކުރުމަށް ކެމްޕޭނެއް ފަށައިފި
ޓެކުހުގެ ގާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓަރީކުރެވިފައި ނުވާ ފަރާތްތައް ރަޖިސްޓަރީކުރުމަށް ބާރުއަޅައި އެހީތެރިވުމުގެ ގޮތުން މީރާއިން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

އެ ކެމްޕޭނަކީ މީރާއިން މިއަހަރު ތައާރަފްކޮށްފައިވާ މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕްލޭންގެ ދަށުން ހިންގާ ހަރަކާތެއްކަމަށް މީރާއިން މައުލޫމާތު ދެއެވެ. 

އެ ކެމްޕޭނުގެ މަގްސަދަކީ، ޓެކުހުގެ ގާނޫނުތަކުގެ ދަށުން މީރާގައި ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، މީރާގައި ރަޖިސްޓަރީކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން، އެ ފަރާތްތަކުން އަދާކުރަންޖެހޭ ޓެކުހާ ގުޅޭ އިލްތިޒާމުތައް ފުރިހަމަކުރުމަށް އެހީތެރިވެދިނުންކަމަށް މީރާއިން ފާހަގަކުރެއެވެ. 

އަދި އެ ކެމްޕޭނުގެ ދަށުން މީރާގައި ރަޖިސްޓަރީކުރަން ހުށަހަޅާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ވެސް ނިންމާފައިވާކަމަށް މީރާއިން ހާމަކުރެއެވެ. އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހަޅަން ޖެހެނީ އިންކަމް ޓެކްސް ރެޖިސްޓްރޭޝަން އަށެެވެ. އަދި ޖީއެސްޓީއަށް ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންޖެހެނީ ޖީއެސްޓީ ރެޖިސްޓްރޭޝަން ފޯމު ކަމަށް މީރާއިން މައުލޫމާތުދެއެވެ.

އެހެންކަމުން ޓެކުހުގެ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓަރީކޮށްފައި ނުވާ ފަރާތްތަކުން ރަޖިސްޓަރީކުރުމަށް ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް