ދާދި ފަހުން ފިލްމީ ތަރި ޖާންވީ ކަޕޫރު އެއާޕޯޓުން ގެއަށްދާން އުޅެނިކޮށް އޭނާގެ ފޭނަކު ސެލްފީއެއް ނަގަން އެދި ކައިރި ވުމުން ސެކިއުރިޓީން ވަނީ އެމީހާ ދުރުކޮށް އެމީހާ ދިމާލަށް ބޭއަދަބީ ބަސްތައް ބުނެފައެވެ.
އެކަމާ ހިތްހަމަނުޖެހި ޖާންވީ ވަނީ ސެކިއުރިޓީން ކައިރިން އެމީހާ އަށް ފުރުސަތު ދިނުމަށް އަންގާފައެވެ. އަދި އެމީހާއާ އެކީ ސެލްފީއެއް ވެސް ނަގާފައިވެއެވެ.
ޖާންވީ ކަންތައް ކުރި ގޮތުން ގިނަބަޔަކު ވަނީ އޭނާއަށް ތައުރީފުކޮށްފައެވެ. އަދި އޭނާގެ އަަމަލުތައް ހުރީ އޭނާގެ މަންމަ ސްރީދޭވީގެ އަމަލުތައް ހުންނަހާ އޯގާތެރިކޮށް ކަމަށް ބުނެ މީހުން ދަނީ ސްރީދެވީގެ ހަނދާންތައް އާ ކުރަމުންނެވެ.
ޖާންވީގެ އެންމެ ފަހުގެ މަސައްކަތް ރޫހީ އޮތީ މިމަހުގެ 11 ވަނަ ދުވަހު އެވެ.