ads
އަނަންޔާ
މީހުން އަހަންނާ ދިމާލަށް “ފަތި ޓީވީ”އެކޭ ކިޔާ އުޅުނު: އަނަންޔާ
ހިކި މީހުންނަކީ ޒަމާނުއްސުރެ އެކި މުޖުތަމައުގަ، މީހުންގެ ފަރާތު އެކި ކަހަލަ ފުރައްސާރައާއި ކުރިމަތިލާން ޖެހިފަވާ ބައެކެވެ. އެގޮތުން ބޮލީވުޑްގެ ބަތަލާ އަނަންުޔާ ޕާންޑޭ މިވަނީ އޭނާ ހިކިވުމުގެ ސަބަބުން މީހުންގެ ފަރާތުން ކުރިމަތިވި ގަނާގެ ވާހަކަ ކިޔާދީފައެވެ.
Advertisement

މީޑިއާ އަކަށް ދިން އިންޓަވިއުއެއްގަ އަނަންޔާ ބުނީ އޭނާ ބޮޑުވަމުން އައިއިރު ހަށިގަނޑުގެ ބައްޓަމާ ގުޅޭ ގޮތުން އެކި ކަހަލަ ދެރަވާ އެއްޗެހި މީހުން ކިޔާ އުޅުނު ކަމަށެވެ. 

އަނަންޔާ ބުނީ އޭނާ ޖަހަނީ ފިރިހެން ވައްތަރު ކަމަށް މީހުން ބުނެ އުޅުނު ކަމަށެވެ. އަދި ބައެއް ފަހަރު މީހުން އޭނާ ދިމާލަށް ތިއީ ފަތި ޓީވީ އެކޭވެސް ބުނެފަ އެބަހުރި ކަމަށެވެ. 

އަނަންޔާ ބުނީ އޭނާ އަމިއްލަ ނަފްސައް އިތުބާރުކުރަން ފެށި ފަހުން މިހާރު މީހަކު ކޮންމެ އެއްޗެއް ބުންޏަސް އޭނާ ހިތަކަށް މާބޮޑު އެއްޗެއް ނާރާ ކަމަށެވެ. އަދި އޭނާ އަކީ މިހާރު އަމިއްލަ ނަފްސާއި މެދު އެއްވެސް ވަރަކަށް ޝައްކު ނުކުރާ އަމިއްލަ ނަފްސު ދެކެ ލޯބިވާ މީހެއް ކަމަށް އަނަންޔާ ބުނެއެވެ.

އަނަންޔާ އެންމެ ފަހުން ފެނިފައިވަނީ އިޝާން އާ އެކު ފިލްމް "ކާލީ ޕީލީ" އިންނެވެ. އަނަންޔާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ވިޖޭ ދެވަރަކޮންޑާ އެކު ފިލްމު “ލައިގާ” އިންނެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް