ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރު ވުޖޫދަށް އައީ ކޯލިޝަން ސަރުކާރުގެ ތެެރެއިން ކަމަށާއި ކޯލިޝަން މި ފަސް އަހަރު ދެމިއޮންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ކޮވިޑާއި ގުޅިގެން ކޯލިޝަން ބައްދަލުވުންތައް ކުރިއާ އެއްގޮތަށް ނުގެންދެވޭ ކަމަށާއި، ކޯލިޝަން ދެމިއޮތުމާއިމެދު ޝައްކު އުފެދިގެން އުޅެނީ އެ ސަބަބުތަކަށްޓަކައި ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުގެ ކަންތައްތައް ނިންމަމުންދަނީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެވެސް މަޝްވަރާއާއިއެކު ކަމަށެވެ. އެހެންކަމުން ކޯލިޝަން ދެމި އޮތުމާއިމެދު އެމަނިކުފާނުގެ ހިތުގައި އެއްވެެސް ޝައްކެތް ނުއުފެދޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.