ads
ފޮޓޯ: ރައީސް އޮފީސް
އަލިފާނުގެ ހާދިސާގައި މީހުންގެ ފުރާނަ ސަލާމަތްކުރި ސިފައިންނަށް މެޑެލް ދީފި
ހެންވޭރުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި މީހުންގެ ފުރާނަ ސަލާމަތްކުރި ސިފައިންނަށް މެޑެލް ދީފި އެވެ.
ހެންވޭރުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި މީހުންގެ ފުރާނަ ސަލާމަތްކުރި ސިފައިންނަށް މެޑެލް ދީފި އެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި "ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑެލި" ދީފައިވަނީ، ހެންވޭރުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ރޯވި ގެތަކުން ނުނިކުމެވިފައި ތިބި އާންމުން ސަލާމަތްކުރުމަށް މަސައްކަތް ކުރި އެމްއެންޑީއެފްގެ 9 ފަރާތަކަށެވެ.

އެގޮތުން އެމްއެންޑިއެފުން ބުނެފައިވަނީ، އެސިފައިން އެކި ފަހަރު މަތިން ރޯވެފައިވާ ގެތުގެ ތެރެއަށްވަދު އެކި ފަންގިފިލާތަކުގައި ތިބި މީހުން ސަލާމަތްކޮށްފައިވާކަމަށެވެ. އަދި އަލިފާންގަނޑު ނިންވުމުގައި ވެސް އެ ސިފައިން މަސައްކަތްކޮށްފައި ވާކަމަށް އެމްއެންޑިއެފުން މައުލޫމާތު ދީފައިވެއެވެ.

މި ސިފައިންނަށް "ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑެލި" ދެއްވާފައިވަނީ ރައިސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ އިސްވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑެއްޔަކީ އަމިއްލަ ނަފްސަށް ލިބިދާނޭ އެއްބެސް ގެއްލުމަކަށް ބެލުމެއްނެތި އިންސާނެއްގެ ފުރާނަ ސަލާމަތްކުރުން ނުވަތަ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރި މިންވަރު ބަލާ މި މެޑެލި ދިނުމަށް ހައްޤުވާކަން ސާބިތު ވުމުން ދެވޭ މެޑެއްޔެކެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އިމާރާތްތަކަށް ލިބުނު ގެއްލުމުގެ އަގު 35 މިލިއަން ރުފިޔާއަށް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން މައުލޫމާތުދެ އެވެ. ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 14 ގެއަކާއި ހަ ގުދަނެއް ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ. އެ ހާދިސާގައި އެކަކު މަރުވިއިރު 600 އެއްހާ މީހުން ހާލުގައި ޖެހުންނެވެ. ޑިޒާސްޓާގެ ބެލުމުގެ ދަށުގައި މިވަގުތު ތިބީ އޭގެ ތެރެއިން 145 މީހުންނެވެ.

އަބަދަށްފެހި މަގުގައި ހިނގި އެ އަލިފާނުގެ ހާދިސާއަކީ މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ނުވެ މުޅި ތަނަށް ފެތުރިގެންދިޔައިރު އެ ހާދިސާއަށް ފަހު ވަނީ މާލޭގައި ހުރި ކެމިކަލް ގުދަންތައް މާލެއިން ބޭރުކުރަން ނިންމާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް