ads
ރޫހީ ފިލްމުގެ މަންޒަރެއްގެ ތެރެއިން ---
ރިލީޒް ކުރުމުގެ ކުރިންވެސް ރޫހީގެ 16،500 ޓިކެޓު ވިއްކައިފި
ރާޖްކުރާމް ރާއޯ، ޖާންވީ ކަޕޫރު އަދި ވަރުން ޝަރްމާ ލީޑު ރޯލުތަކުން ފެނިގެންދާ ރޫހީގެ އެޑްވާންސް ބުކިންގް ހެދުމަށް ހުޅުވާލި ފުރުސަތުގައި 16،500 ޓިކެޓު ވިއްކައިފި އެވެ.

އިންޑިއާގެ ހަބަރުތަކުން ބުނާގޮތުގައި މިހާތަނަށް ރޫހީ ފިލްމުގެ 16،500 ޓިކެޓު ވިކިފައިވަނީ އިންޑިއާގެ ނެޝެނަލް މަލްޓިޕްލެކްސް ޗެއިން ތަކުންނެވެ. 

އެގޮތުން މިހާތަނަށް ފިލްމުގެ އޯޕަނިންގް ޑޭގެ 75 އާއި 80 އިންސައްތަ އާ ދެމެދުގެ ޓިކެޓުތައް ވިކިފައިވާ ކަމަށް ބޮލީވުޑުގެ ހަބަރުުތަކުން ބުނެއެވެ. މީގެ އިތުރުން މި ހަފްތާގެ އަންގާރަ ދުވަހާ ހަމައަށް މާ ގިނަ ބަޔަކު ޓިކެޓް ގަނެފައި ނުވި ނަމަވެސް، ގިނަ އަދަދެއްގެ ޓިކެޓު ވިކިފައިވަނީ އިއްޔެ ކަމަށް ބޮލީވުޑުގެ ހަބަރުުތަކުން ބުނެއެވެ.

މިއަދު ރިލީޒް ކުރާ ހޮރޯ ކޮމިޑީ ޖޯންރާގެ މި ފިލްމަށް އޯޕަނިން ދުވަހު ދެ ކުރޯޑް ރުޕީސް ވަރު ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބޮލީވުޑުގެ ހަބަރުުތަކުން ބުނެއެވެ. ނަމަވެސް ހަބަރުތަކުން ބުނާގޮތުން ފިލްމަށް މި އާމްދަނީ ލިބޭނެކަން ޔަގީން ވާނީ މިއަދު ފިލްމު ޒިލީޒް ކުރުމުން، "ސްޕޮޓް ބުކިން" ހައްދާ މީހުންގެ އަދަދު ޔަގީން ވުމުންނެވެ. 

މި ފިލްމަކީ ހަރްދިކް މެހެތާގެ ޑައިރެކްޓު ކުރާ ފިލްމެކެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ ޑިނޭޝް ވިޖާން އެވެ. އަދި މި ފިލްމު ރިލީޒް ކުރަން ނިންމާފައިވަނީ މެޑޮކް ފިލްމްސް ޕްރޮޑަކްޝަންގެ ދަށުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް